ކ. މާލެ
|
26 މެއި 2023 | ހުކުރު 18:50
ނައީމާގެ ގެ ހުންނަ ސަރަހައްދު ކޯޑަންކޮށްފައި
ނައީމާގެ ގެ ހުންނަ ސަރަހައްދު ކޯޑަންކޮށްފައި
ސޯޝަލް މީޑިއާ
ނައީމާގެ މަރުގެ މައްސަލަ
ނައީމާގެ މަރުގެ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި
ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން އެޕްރީލް 7 ގައި ނައީމާ މަރުވެފައި އޮއްވާ ފެނުނު
ސީޕީ ވަނީ މީގެ ކުރިން އެރަށަށް ވަޑައިގެން ތަހުގީގު ކުރިޔަށް ދާގޮތް ބައްލަވާލައްވާފައި
2 މީހަކު ހައްޔަރު ކުރި އިރު ވަނަވަރެއް ހާމައެއް ނުކުރޭ

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާގެ މަރުގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށެވެ. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުންދާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ސީޕީ ހަމީދު ވަނީ މަނަދޫ އަށް ވަޑައިގެން ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ވެސް ބަލާފައެވެ. އަދި ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

ނައީމާގެ މަރުގެ މައްސަލައާއި ގުޅިގެން ނައީމާގެގޭ ކައިރީގައި އުޅުނު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގާފައިވެއެވެ. ނައީމާ ދިރިއުޅޭ ގެއަށް އޭނާ ހޯދުމަށް ދިޔަ ބައެއް މީހުންގެ ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލްވެސް ނަގާފައިވެއެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓްކުރީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. 

ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު ވަނީ ވަޅުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް