ހަފްތާ ބަންދުގައި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ވިލާ މަދުވާނެކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. މީގެއިތުރުން ހަފްތާ ބަންދުގައި މެދު ރާއްޖެތެރެއަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.