ކ. މާލެ
|
26 މެއި 2023 | ހުކުރު 07:43
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
އެމްޓީސީސީ
ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިއްޖެ
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 42.38 މިލިއަން ރުފިޔާގެ މަޝްރޫޢެއް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 42.38 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

2094 މީހުންގެ އާބާދީއެއް އޮތް ޅ.ކުރެންދޫ އަކީ ރަށް ގިރުމުގެ މައްސަލަ ޒަމާނުއްސުރެ ކުރިމަތިވެފައިވާ ރަށެކެވެ. ކުރެންދޫގެ އާބާދީގެ ގިނަ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ރަށްގިރުމުގެ ސަބަބުން ކުރެންދޫއަށް ވަނީ ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއްވެސް ނެތިގެން ގޮސްފައެވެ. ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިޔުމާއެކު، މި މައްސަލައަކީ އެ ރަށު ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމަކާއި އުދާސްތަކެއް އޮތް ކަމެކެވެ.

މި މަޝްރޫޢުގެ ދަށުން، 10،200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އެޅުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 142 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.

- ކޮމެންޓް