ކ. މާލެ
|
25 މެއި 2023 | ބުރާސްފަތި 11:19
ދުނިޔޭގެ އެންމެ ބޮޑު، އެއަރކްރާފްޓް އުފުލާ ބޯޓު، ނޭޓޯގެ ތަމުރީނުތަކަށް އޮސްލޯއަށް
ދުނިޔޭގެ އެންމެ ބޮޑު، އެއަރކްރާފްޓް އުފުލާ ބޯޓު، ނޭޓޯގެ ތަމުރީނުތަކަށް އޮސްލޯއަށް
ރޮއިޓާސް
ނޭޓޯގެ ތަމުރީނު ޕްރޮގްރާމް
ދުނިޔޭގެ އެންމެ ބޮޑު އެއަރކްރާފްޓް އުފުލާ ބޯޓު ނޭޓޯގެ ތަމުރީނުތަކަށް އޮސްލޯއަށް
މިއީ އެމެރިކާ އާއި ނޯވޭއާ ދެމެދު ގާއިމުކޮށްފައިވާ ގާތް ބައިލެޓަރަލް ގުޅުން ދައްކައިދޭ ކަމެއްކަމަށް ނޯވޭއިން ފާހަގަކުރޭ
އެ ބޯޓާއި އޭގެ ފަޅުވެރިން ނޯވޭގެ ސިފައިންނާއެކު އެގައުމުގެ އައްސޭރިފަށުގައި ތަމްރީނުތައް ކުރިއަށް ގެންދާނެ
އެމެރިކާ އަސްކަރިއްޔާގެ މިބޯޓު އޮސްލޯއަށް ގޮސްފައި ވަނީ ބުދަ ދުވަހު، ނޭޓޯގެ ތަމުރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ ބޯޓު, ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް, ނޯވޭގެ، އޮސްލޯއަށް ގޮސްފިއެވެ.

އެމެރިކާ އަސްކަރިއްޔާގެ މިބޯޓު އޮސްލޯއަށް ގޮސްފައި ވަނީ ބުދަ ދުވަހުއެވެ. މިއީ ނޭޓޯގެ ތަމުރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ މިފަދަ ބޯޓެއް ނޭޓޯގެ އަސްކަރިއްޔާގެ މިފަދަ ތަމުރީނެއްގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

ނޯވޭގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެ ބޯޓާއި އޭގެ ފަޅުވެރިން ނޯވޭގެ ސިފައިންނާއެކު އެގައުމުގެ އައްސޭރިފަށުގައި ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

ނޯވޭގެ އޮފިޝަލަކު ވަނީ މިއީ އެމެރިކާ އާއި ނޯވޭއާ ދެމެދު ގާއިމުކޮށްފައިވާ ގާތް ބައިލެޓަރަލް ގުޅުން ދައްކައިދޭ ކަމެއްކަމަށް ފާހަގަކޮށްފައެވެ.

ނޯވޭގައި ހުންނަ ރަޝިއާގެ އެމްބަސީން ވަނީ އެމެރިކާ އަސްކަރިއްޔާގެ މިބޯޓު އޮސްލޯއަށް ކުރި ދަތުރު ކުށްވެރިކޮށްފައެވެ. އެގޮތުން ރަޝިއާ އެމްބަސީން ވަނީ އަސްކަރީ ހައްލެއް ހޯދަން ޖެހޭ ސުވާލެއް (އާކްޓިކް) އުތުރުގައި ނެތް ކަމަށާއި އެސަރަހައްދުގައި ބޭރުގެ އިންޓަވެންޝަން ބޭނުންވާ މައުޟޫއުތަކެއްގެ މަޝްވަރާތަކެއްވެސް މިވަގުތު ނުހިނގާކަމަށް ބުނެފައެވެ.

ނޯވޭ އަކީ އާކްޓިކް ސަރަހައްދުގައި ރަޝިޔާއާ އެކު ބޯޑަރެއް ހިއްސާކުރާ ގައުމެކެވެ. މިދިޔަ އަހަރު ރަޝިޔާ އިން ޔޫރަޕަށް އެކްސްޕޯޓުކުރާ ގޭހުގެ އަދަދަށް އައި ބަދަލާއެކު މިހާރު ޔޫރަޕަށް އެންމެ ގިނަ އަދަދަކަށް ގޭސް އެކްސްޕޯޓުކުރާ ގައުމަކީ ނޯވޭއެވެ.

ބަލްޓިކް ކަނޑުގެ ނޯޑް ސްޓްރީމް ހޮޅިތައް ގޮވުމުގެ ހާދިސާއާ ގުޅިގެން ނޯވޭގެ އަސްކަރިއްޔާ އާއި ނޭޓޯގެ އެކުވެރި ގައުމުތަކުން ދަނީ ކަނޑުގެ ތެލާއި ގޭސް ޕްލެޓްފޯމްތަކުގައި ޕެޓްރޯލް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް