ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 15:19
ބަޔާން މިއުނިކްގެ ތަރި ޑަގްލަސް ކޯސްޓާ
ބަޔާން މިއުނިކްގެ ތަރި ޑަގްލަސް ކޯސްޓާ
ގޫގުލް
ޓްރާންސްފާ މާކެޓް
ޑަގްލަސް ކޯސްޓާ ޔުވެންޓަސް އަށް
ކޮސްޓާ ޔުވެންޓަސް އާއި ގުޅެން ނިންމާފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން
ޔުވެންޓަސް އިން ވަނީ ކޮސްޓާ އާއި އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމަކަށް އައިސްފައި

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޑަގްލަސް ކޯސްޓާ އިޓަލީގެ ގަދަބާރު ޔުވެންޓަސްއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ބަޔާނުގައި އެކަށީގެންވާ ވަރަށް ކުޅެން ފުރުސަތު ނުލިބޭތީ، މިފަހަރުގެ ޓްރާސްފާގައި އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް ގިނަ ފަރާތްތަކަކުން އައީ ބުނަމުންނެވެ. އެގޮތުން އިނގިރޭސި ބޮޑެތި ކުލަބުތަކުން ދިޔައީ އޭނާއަށް ފާރަލަމުންނެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ކޮސްޓާ ޔުވެންޓަސް އަށް ބަދަލުވާން ނިންމާފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން 10 މިލިއަން ޔޫރޯގެ އަގަކަށެވެ. އެގޮތުން ޔުވެންޓަސް އިން އޭނާ އާއިއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓްތަށް އަންނަނީ ބުނާމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ލޯން ހަމަވުމުން ޔުވެންޓަސްއިން ކޮސްޓާ ގަންނަން ބޭނުންނަމަ ބަޔާންއަށް 30 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

އުމުރުން 26 އަހަރުގެ ކޮސްޓާ ބަޔާން އާއި ގުޅުނީ 2015 ވަނަ އަހަރު ޔޫކްރޭންގެ ޝަހްރަތު ޑޮނެސްކް އިން 21 މިލިއަން ޕައުންޑުގެ އަގަކަށެވެ. ބާޔާން މިއުނިކަށް މިހާތަނަށް ކުޅުނު 77 މެޗުގައި އޭނާވަނީ 14 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް