ކ. މާލެ
|
22 މެއި 2023 | ހޯމަ 14:06
މެންޗެސްޓަރ ސިޓީގެ ގުންޑޮގާން
މެންޗެސްޓަރ ސިޓީގެ ގުންޑޮގާން
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
އިކާއީ ގުންޑޮގާންއާ މެދު ސިޓީގެ ވިސްނުން ބަދަލުވެއްޖެ
 
ގުންޑޮގާން ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ދަނީ ކުރަމުން

މެންޗެސްޓަރ ސިޓީގެ ކެޕްޓަން އިކާއީ ގުންޑޮގާންއާ މެދު އެ ޓީމުގެ ވިސްނުން ބަދަލުވެއްޖެއެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ގުންޑޮގާން އަށް ބާސެލޯނާއިން ވެސް ދަނީ ފާރަލަމުންނެވެ. ސިޓީ އިން ފުރަތަމަ ވާހަކަދެއްކީ އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް މިހާރު ސިޓީ އިން މަސައްކަތް ކުރަނީ އެއް އަހަރުގެ އެއްބަސްވުމެއް، އިހުތިޔާރީ އިތުރު އެއް އަހަރު ހިމެނޭހެން އެއްބަސްވުން އާކުރުމަށެވެ. ގުންޑޮގާންގެ މުސްތަގުބަލާ މެދު އަދި ގޮތެއް ނުނިންމައެެވެ.

2016 ވަނަ އަހަރު ޑޯޓްމަންޑުން ސިޓީ އާ ގުޅުނު ގުންޑޮގަން ވަނީ ސިޓީގެ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސިޓީގެ ކޯޗް، ޕެޕް ގާޑިއޯލާ ބުނީ، ގުންޑޮގާން އާ ނުލާ ލީގު ކާމިޔާބުކުރުން އިތުރަށް އުނދަގު ވާނެކަމާ، އޭނާ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. ގުންޑޮގާން އަށް ތައުރީފުކުރަމުން ގާޑިއޯލާ ބުނީ، އޭނާ އަކީ ތޫނުފިލި، ޕްރެޝަރު މެޗުތަކުގައި ކުޅެން އެނގޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ގާޑިއޯލާ ކޯޗުކަން ކޮށްދިން ކުޅުންތެރިން ތެރެއިން އެންމެ މޮޅު އެއް ކުޅުންތެރިޔާކަން ފާހަގަކުރިއެވެ.

މަޝްވަރާތައް ކުރިއަށްދާއިރު، ސިޓީ އިން އުއްމީދު ކުރަނީ އެއްބަސްވުން އިތުރުކުރުމަށް ހުށަހެޅުމުން، ގުންޑޮގާން ޓީމުގައި ދެމި ހުންނާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް