ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 12:16
ދީޕިކާ ޕަދުކޯން
ދީޕިކާ ޕަދުކޯން
ހިންދުސްތާނީ ޓައިމްސް
ދީޕިކާ ޕަދުކޯން
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
ދީޕިކާ މިހާރު ކުޅެނީ "ޕަދްމަވަތީ" ގެ ޝޫޓިން

ދީޕިކާ ޕަދުކޯން އޭނާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފިއެވެ.

މިހާރު "ޕަދްމަވަތީ" ގެ ޝޫޓިންގައި އުޅެމުންދާ ދީޕިކާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައި ވަނީ އޭނާގެ ޑިމާންޑް ބޮލީވުޑްގައި ބޮޑުވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ދީޕިކާ އޭނާގެ ޑިމާންޑް ބޮޑުކޮށްފައި ވަނީ ދާދި ފަހުން ނިކުތް އޭނާގެ ހޮލީވުޑްގެ ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ނިކުތުމުން އެއަށް އޭނާއަށް މާ ބޮޑު ސަޕޯޓެއް ލިބުމުގެ ސަބަބުންނެވެ.

އިންޑިއާގެ މުމްބައި މިރާގައި ބުނެފައި ވަނީ ދީޕިކާ އެންމެ ފަހުން އެއްބަސްވި ފިލްމުގައި އޭނާ ހުށައަޅާފައި ވަނީ 12 ކުރޯޑް ރުޕީސްއަށް ފިލްމު ކުޅުމަށް ކަމަށެވެ. އަދި އޭނާ މިހާރު ޝޫޓްކުރާ ފިލްމު "ޕަދްމަވަތީ" ގައި ވެސް އޭނާ ކުޅެނީ 12 ކްރޯޑް ރުޕީސްއަށްކަމަށް ރިޕޯޓްތަކުގައި ވެއެވެ. އެއީ އޭނާ "ޕާދްމަވަތީ" ގެ ޝޫޓިން ފަށާފައިވަނިކޮށް ބޮލީވުޑްގެ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ މީހުންގެ ލިސްޓަށް ނަން އެރުމުން ކޮންމެވެސް ވަރަކަށް އެކަން ޔަގީންވިކަމަށް ނޫސްތަކުގައި ބުނެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު "ބަޖިރާއޯ މަސްތާނީ" ނިކުތް ފަހުން ދީޕިކާގެ ފިލްމެއް ބޮލީވުޑްގެ ސިނަމާތަކަށް އައިސްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް