ކ. މާލެ
|
22 މެއި 2023 | ހޯމަ 07:44
އެހެން ކުޅުންތެރިންނާއެކު ލީގު ތަށި ކެޕްޓަން ގުންޑޮގާން އުފުލާލަނީ
އެހެން ކުޅުންތެރިންނާއެކު ލީގު ތަށި ކެޕްޓަން ގުންޑޮގާން އުފުލާލަނީ
ރޮއިޓާސް
މެންޗެސްޓަރ ސިޓީގެ ކާމިޔާބީ
ސީޒަންގައި އިތުރު ދެ ތަށި އުފުލާލަން ކެޕްޓަން ގުންޑޮގާން ތައްޔާރު!
 
ސިޓީ އޮތީ ޗެމްޕިއަންސްލީގާއި އެފްއޭކަޕް ފައިނަލްގައި

މިސީޒަންގައި އިތުރު ދެ ތަށި އުފުލާލަން ތައްޔާރަށް ހުރިކަމަށް މެންޗެސްޓަރ ސިޓީގެ ކެޕްޓަން އިކާއީ ގުންޑޮގާން ބުނެފިއެވެ.

ބާކީ ތިން މެޗު އޮއްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށް, ދެ މެޗު އޮއްވާ ލީގު ތަށި އުފުލާލުމަށްފަހު ގުންޑޮގާން ބުނީ ވިދިވިދިގެން ތިން ވަނަ ފަހަރު ލީގު ތަށި އުފުލާލަން އެހީވެވުމަކީ ވަރަށް ޚާއްޞަ ކާމިޔާބީއެއްކަމަށެވެ. އޭނާ ބުނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޕްރިމިއަރ ލީގަކީ އެންމެ ވާދަވެރި މަޤްބޫލް ލީގުކަމަށެވެ. އެކަމުން އެކަނިވެސް މިކާމިޔާބީގެ ބޮޑުކަން އިހުސާސްކޮށްދޭކަމަށް ލީގުގައި މޮޅަށް ކުޅުނު ކެޕްޓަން ބުންޏެވެ. ސިޓީގެ ކެޕްޓަންކަން ކުރުމަކީ ބޮޑު ޝަރަފެއްކަން ފާހަގަކޮށް ގުންޑޮގާން ބުނީ ކްލަބްގައި އޮތީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ހިމެނޭ ޚާއްޞަ ސްކޮޑެއްކަމަށެވެ.

ޖަރުމަނުގެ މިޑްފީލްޑަރ ވަނީ ކޯޗު ޕެޕް ގާޑިއޯލާއާއި އެހެން އޮފިޝަލުންނަށްވެސް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ކިޓް އޮފިޝަލުންގެ ނަން ފާހަގަކުރިއެވެ. ގުންޑޮގާން ބުނީ އެ އެންމެންގެ ސަޕޯޓާ ނުލައި މިކާމިޔާބީ ނުހޯދުނީސްކަމަށެވެ.

ވިދިވިދިގެން ތިން ފަހަރު, ހަ އަހަރުގެ ތެރޭގައި ފަސް ފަހަރު މި މީލީގު ހޯދުމަކީ އާދަޔާ ހިލާފް ބޮޑު ކާމިޔާބީއެއް. އެކޮލިޓީ ސިޓީގައި ހުރުމުން ގިނަ ކާމިޔާބީތަކެއް އަދިވެސް ހޯދޭނެކަން ޔަޤީންވޭ. މިއީ ހަނދާން ނުނެތޭނެ ސީޒަނެއް. މިކުރި ދަތުރުގައި ހަމަ ކޮންމެ ދުވަހެއްގައިވެސް ސަޕޯޓަރުން އަހަރެމެންނާއެކު ތިބި
ގުންޑޮގާން/ މެންޗެސްޓަރ ސިޓީގެ ކެޕްޓަން
ގުންޑޮގާން ލީގު ޓްރޮފީގައި ބޮސްދެނީ - ރޮއިޓާސް

ގުންޑޮގާން ބުނީ ސީޒަންގައި ސިޓީއަށް އަދި ދެ ފައިނަލް އެބައޮތް ކަމަށާއި, އެދެތަށި އުފުލާލަން ތައްޔުކަމަށެވެ. ސިޓީއަށް ލީގުގައި ބާކީ އަދި ދެ މެޗު އެބައޮތެވެ. އެކަމަކު ސީޒަންގައި ސިޓީއަށް އޮތް ބޮޑު ދެ މެޗަކީ އިންޓަރ މިލާނާ ދެކޮޅަށް ކުޅެން އޮތް ޗެމްޕިއަންސް ލީގު ފައިނަލާއި, މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް އެފްއޭކަޕް ފައިނަލެވެ. ސިޓީން ޕްރިމިއަރ ލީގު އުފުލާލީ އާސެނަލްއިން ދަމަހައްޓަމުން އައި އަށް ޕޮއިންޓްގެ ލީޑަށް ނިމުން ގެނެސްފައެވެ. އެލީޑް ނިމުމަކަށް ގެނެސް ސިޓީން ލީޑް ހޯދީ ލީގުގައި ވިދިވިދިގެން 11 މެޗުން މޮޅުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް