ކ. މާލެ
|
21 މެއި 2023 | އާދީއްތަ 17:18
ރައީސުލްޖުމްހޫރިއްޔާ ދ. ބަނޑިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ދ. ބަނޑިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ޑަބްލިއުޑީސީތަކުން މެމްބަރުން ވަކިވުން
ޑަބްލިއުޑީސީތަކުން އިސްތިއުފާދިނުން އިތުރުވަނީ، ކީއްވެ؟
 
ކައުންސިލްތަކުން ކޮމިޓީތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާ
 
ޑަބްލިއުޑީސީތަކުން ވަކިވާ މެމްބަރުންގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައި
 
ކައުންސިލްތަކުން އަންހެނުންނަށް ފުރުސަތުތައް ވަނީ އިތުރުކޮށްދީފައި

މި ސަރުކާރު ވުޖޫދަށް އައީ އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އަމާޒާ އެކުގައެވެ. އަންހެނުންނަށް އެކި ދާއިރާތަކުން ފުރުސަތުތައް އިތުރުކޮށްދީ، އެމީހުންނަކީ ސިިޔާސީ މައިދާނުގައިވެސް ހިންގުންތެރި ބަޔަކަށް ހަދައި، ކަންކަން ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވެ.

މިފަދަ ގިނަ ފުރުސަތުތަކެއް ސަރުކާރުން ވަނީ މިހާތަނަށް ފަހިކޮށްދީފައެވެ. މިގޮތުން ކަންކަން ނިންމުމުގެ މަރުހަލާއިން ފުރުސަތު ފަހިކޮށްދިނުމަށް ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަންހެެނުން ބާރުވެރިކުރުމަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްޞަކޮށްފައިވެއެވެ. ހަމަ އެ ޤާނޫނުގެ ދަށުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސަައްކަތްކުރާ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.

މިގޮތުން 2020 ވަނަ އަހަރު ކުރިޔަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ވަނީ ކައުންސިލްތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާނެ މެމްބަރުން އައްޔަންކޮށްފައެވެ. މިއާއެކު ކައުންސިލްތަކަށް ބާރުތައް ދޫކޮށްލައި، ބާރުވެރިކުރުމާއި، މާލީ ބާރުވެރިކަން ދިނުމާއި އަންހެނުން ބާރުވެރި ކުރެވިގެންދިޔައެވެ. މިއީ ހަމަގައިމުވެސް ކާމިޔާބީއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ކައުންސިލްތަކުގެ ތެރެއިން އެކުލަވާލާފައިވާ ކޮމިޓީތަކަކަށް ވާއިރު މި ކޮމިޓީތަކަށްވެސް މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވެއެވެ. އަދި މި ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުންވެސް ލިބެންޖެހެއެވެ. ޑަބްލިއުޑީސީތައް އެކުލަވާލުމާއެކު ރައްޖޭގެ ހުރިހާ ހިސާބަކުންވެސް އަންހެނުންނަށް ލިބުނު ފުރުސަތުތައް އިތުރުވިއެވެ. އަދި މިކަމަށް ބޮޑު ތަރުހީބެއްވެސް ލިބިގެންދިޔައެވެ.

3 އަހަރަށްފަހު މިއަދުގެ ހާލަތަށް ބަލާލާއިރު ފެންނަނީ އެއްވެސް މީހަކު އުންމީދުކުރި ނަތީޖާއެއް ނޫންކަން ޔަގީނެވެ. މި ކޮމިޓީތަކުން ވަކިވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއާއެކު ބައި އިލެކްޝަނަކަށްފަހު ބައި އިލެކްޝަނެއް ބާއްވަންޖެހެއެވެ. މިހާތަނަށް އައިއިރު އަހަރެއްގެ ތެރޭގައި އެތައް ބައި އިލެކްޝަންތަކެއް ބާއްވާފައިވާއިރު، މިކަމަށް ކުރި ޚަރަދުވެސް ވަނީ ހީކުރިވަރަށްވުރެ ބޮޑުވެފައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މި ކޮމިޓީތައް އެކުލަވާލީ އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށްދޭށެވެ. އެހެންނަމަވެސް މިއަދު ކަން ވަމުން ދާގޮތުން މިކަންކަމާއިމެދު ސުވާލު އުފެދެއެވެ. މި ކޮމިޓީތަކުން މިހާ ގިނަ ބަޔަކު ވަކިވާންޖެހެނީ ކީއްވެތޯ ސުވާލު އުފެދެއެވެ.

މިކަމާ ގުޅޭގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި މަސައްކަތްކުރާ މެމްބަރުންނާ ސުވާލުކޮށްލުމުން ގިނަ މީހުން ފާހަގަކުރަނީ ކައުންސިލްތަކުގެ ތެރެއިން އަންނަ ފިއްތުންތަކުގެ ވާހަކައެވެ. ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ފުރުސަތު ހަނިކަމާއި، ކަންކަމުގައި ކައުންސިލްގެ އެއްބާރުލުން ނުލިބުމެވެ. އަދި ކައުންސިލްތަކުން ޖެއްސުންކުރާކަން އެމީހުން ފާހަގަކުރެއެވެ.

ޑަބްލިއުޑީސީތަކުގެ ގިނަ މެމްބަރުން އެއް ވާހަކަތަކެއް މިގޮތަށް ދައްކާނީ ކަމުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭތީ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިއީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނަމަ މިއީ ވަރަށްވެސް ދެރަ ކަމެކެވެ. ބޮޑު ޚަރަދުކޮށްގެން މުހިންމު މަގުސަދެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކެއް އެކުލަވާލުމުގެ މަގުސަދު ހާސިލު ކުރުމަށް އެޅޭ ވަރަށްވެސް ބޮޑު ހުރަހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
14%
43%
0%
29%
0%
14%
ކޮމެންޓް
ގުޅުންހުރި