ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 08:20
ރެއާލް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ރެއާލް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގޯލް.ކޮމް
ކްރިސްޓިއާނޯ ރޮނާލްޑޯ
ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް
ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ ޓެކްސް އަށް މަކަރު ހެދިކަމަށް ތުހުމަތު ކުރާތީ
ރޮނާލްޑޯ ހޯދުމަށް ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުން، މަޝްވަރާވެސް ވަނީ ކޮށްފައި

ކުރިޔަށް އޮތް ސީޒަނުގައިވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނީ ރެއާލް މެޑްރިޑުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭއެސް އިން ބުނީ ރޮނާލްޑޯ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ އެ ކްލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ރަސްމީ އެއްވެސް ބަހެއް އަދި ނުލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް ސްޕެއިންގެ ޓެކްސް އޮފީހުން ތުހުމަތުކޮށްފައިވާ ޓެކްސް މައްސަލައާ ގުޅިގެންނެވެ.

ސްޕެއިންގެ ޓެކްސް އޮފީހުން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މިކަންތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ސްޕެއިން ދޫކޮށްލަންށެވެ.

ރޮނާލްޑޯ ރެއާލްގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައިވާއިރު، އޭނާ ވަނީ އެ ކްލަބުގައި ހުރެ ރިޓަޔާކުރަން ބޭނުންވާކަމަށާ ރެއާލްގެ ޖޯޒީއަކީ ލާން އެންމެ ފަސޭހަ ޖޯޒީކަމަށްވެސް މީގެކުރިން ބުނެފައެވެ.

ސްޕޯޓިން އިން ކެރިއަރު ފެށި އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 292 މެޗުގައި 118 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ޕްރިމިއާ ލީގް، އެފްއޭކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވޯލްޑްކަޕް، ފުޓްބޯލް ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް އަށް 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު، ދެ ލީގު ތަށި، ދެ ކޮޕާޑެލްރޭ، ސްޕެނިޝް ސުޕަރކަޕް، ޔުއެފާ ސުޕަރކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް