ކ. މާލެ
|
19 މެއި 2023 | ހުކުރު 13:29
ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ
ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ސެން ކްލާސްރޫމްތައް އިމާރާތް ކުރުން
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސެން ކްލާސްރޫމްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދޭ: ސަރުކާރު
 
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭނެ
 
ސެން ކްލާސްރޫމްތައް އިމާރާތް ކުރުމުގައި އާބާދީ ބޮޑެތި ރަށްތަކަށް ޚާއްސަ ސަމާލުކަމެއްދޭނެ
 
ދ.އަތޮޅާއި، ބ. އަތޮޅުގެ ރަށްތަކުގެ ސްކޫލުތަކުގައި އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރިއަށްދޭ

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަކުރާ ސެން ކްލާސްރޫމްތައް އިމާރާތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ދ.އަތޮޅާއި، ބ. އަތޮޅުގެ ރަށްތަކުގެ ސްކޫލުތަކުގައި ވެސް އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދ.މާއެނބޫދޫ ސްކޫލުގެ ސެން ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުޑަހުވަދޫ ތައުލީމީ މަރުކަޒު 9 ކްލާސްރޫމް އިމާރާތް މިހާރު ނިމިފައިވާއިރު، ހުޅުދެލި ސްކޫލުގެ ސްޓާފްރޫމް އަދި ސައިންސް ލެބް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މީދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް، ބަނޑިދޫ ސްކޫލުގެ 4 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ސެން ކްލާސްތައް އިމާރާތް ކުރާނެ ކަމަށާއި، އާބާދީ ބޮޑެތި ރަށްތަކަށް ޚާއްސަ ސަމާލުކަމެއްދޭނެ ކަމަށެވެ. އަދި މިސަރުކާރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމަށާއި، އެކުދިންނަށް ވެސް ތަފާތު ކުރުމެއްނެތި ތައުލީމު ލިބޭނެ ގޮތް މިސަރުކާރުން ފަހިކޮށްދޭނެ ކަމުގެ ޔަގީކަން މިއުވާން ދެއްވިއެވެ.

ސެން ކްލާސްރޫމްތަކުގެ ވާހަކަ އަނެއްކާ ވެސް ފާހަގަކޮށްލާނަން. އަތޮޅުތެރޭގެ ސްކޫލުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް  މީގެ ކުރީގައި ވަސީލަތްތައް ގާއިމްކުރެވިފައި ނެތް އެކަށީގެންވާ ގޮތަށް. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން އަތޮޅުތެރޭގެ ހުރިހާ ހިސާބެއްގައި ވެސް ހުރިހާ ސްކޫލުތަކެއްގައި ނެތް ނަމަވެސް ބޮޑެތި ސަރަހައްދުތަކުގައި ޚާއްސަ ގޮތެއްގައި ހުރިހާ ސަރަހައްދަކަށް ބަހާލެވިގެން ބޭނުންވާ އިމާރާތްތަކާއި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެންމެ އުތުރާއި ދެކުނުގައި ކުދުއްފުއްޓާއި ފުވައްމުލަކު ވެސް އިންޑިއާ ސަރުކާރުގެ އެހީގައި ވެސް މިފަދަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދެވިފައި
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ބ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ކެންދޫ ސްކޫލު މަލްޓި ޕާޕަސް ހޯލް އިމާރާތުގެ އިތުރުން ސްކޫލު އަޕްގްރޭޑްކުރުން މަސައްކަތް ރޭވިފައިވެއެވެ. ބ.ކިހާދޫ ސްކޫލުގެ ކްލާސްރޫމް އަދި ވަށާފާރުގެ މަސައްކަތާއި، ތުޅާދޫ ސްކޫލު މަލްޓި ޕާޕަސް ހޯލް އަދި ކުޑަރިކިލު ސްކޫލު 4 ކްލާސްރޫމް، ކަމަދޫ ސްކޫލް ކްލާސްރޫމް އަދި އޮފީސް އިމާރާތް، ފުޅަދޫ ސްކޫލް، ގޮއެދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލް އިމާރާތް އަދި ސްޓާފްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓް