ކ. މާލެ
|
15 މެއި 2023 | ހޯމަ 12:12
ތިނަދޫގައި ގާއިމްކުރި ފެން ހިންދާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ތިނަދޫގައި ގާއިމްކުރި ފެން ހިންދާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
އެންވަރަންމަންޓް މިނިސްޓްރީ
ތިނަދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން
ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި
ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް މި މަހު 12ން 13ށް ކުރިއަށް ގެންގޮސްފައިވޭ
މި މަޝްއޫއަށް 38.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

ގދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ސެނޮކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް މެއި މަހު 12 އިން 13 އަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ތިނަދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރެވުމާއެކު ވާރޭވެހި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ.

ތިނަދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެރަށުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 13 އޮކްޓޯބަރު 2019 ގައެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ކޮވިޑް-19ގެ އިތުރުން ވެސް އެކިއެކި ސަބަބުތަކާއި ގުޅިގެން މަޝްރޫއުގެ މަސައްކަތް ވަނީ މުއްދަތުގެ ތެރޭގައި ނިންމާނުލެވިފައެވެ.

މިމަޝްރޫޢުގެ އަގަކީ 16,849,542.38 (ސޯޅަ މިލިޔަން އައްސަތޭކަ، ސާޅީސްނުވަހާސް ފައްސަތޭކަ ސާޅީސްދެ ރުފިޔާ ތިރީސް އަށްލާރި) އެވެ.

- ކޮމެންޓް