އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގުން ފެށިގެން އަމީނީމަގާ ދެމެދަށް ބަދަލުތަކެއް ގެނައުމަށް ހަމަޖައްސައިފިއެވެ.
މި ބަދަލުތައް ގެނައުމަށް ހަމަޖައްސާފައިވަނީ އިއްޒުއްދީން މަގު، ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީނީމަގާ ދެމެދު ތާރު އެޅުމަށްކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން އާދިއްތަ ދުވަހު ގެޒެޓުކޮށް އިއުލާންކޮށްފައިވާ ގޮތުން ބަދަލުތައް ގެނައުމަށް ހަމަޖައްސާފައިވަނީ ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމަށްޓަކައެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން މަގުތަކަށް ބަދަލު ގެނައުމަށްޓަކައި ހަމަޖެހިފައިވާ ގޮތަށް ބަލާއިރުޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިއްޒުއްދީން މަގު ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީނީމަގާއި ހަމަޔަށް ދެކުނުން އުތުރަށް އެއްޗެހި ދުއްވާ ގޮތަށް ހަމަޖެއްސުމާއި އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ތާރު އެޅުމުގެ މަސައްކަތް ނިމެންދެން އެސަރަހައްދުގެ މަގުތައް ބަންދުކުރުން ހިމެނެއެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އުޅަނދު ދުއްވާ ފަރާތްތަކުން ޓްރެފިކް ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.