ކ. މާލެ
|
15 މެއި 2023 | ހޯމަ 07:47
ރެއާލުން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަވިންގާ ދަނޑު މަތީގައި އިށީންދެގެން
ރެއާލުން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަވިންގާ ދަނޑު މަތީގައި އިށީންދެގެން
ރޮއިޓާސް
ރެއާލް މެޑްރިޑު
ކަމަވިންގާ އަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫން، ސިޓީއާ ދެކޮޅަށް ކުޅެވޭނެ
 
އޭނާގެ ކަނާއަތު ފައިގެ ކަކުލަށް ލިބުނު އަނިޔާ އިން އެ ވަގުތު ދަތެއް އެރިއިރު، ކަކުލުގެ މަސް ގަނޑަށް ވެސް ކޮންމެ ވެސް ވަރަކަށް އަނިޔާވި

ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑުގެ އެޑުއާޑޯ ކަމަވިންގާ އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެވޭނެ ކަމަށް މެޑިކަލް ޓެސްޓުތަކާ ހަވާލާދީ ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފި އެވެ.

ގެޓާފޭ މެޗުގައި ކަމަވިންގާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން 84 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މެޗަށްފަހު ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، ކަމަވިންގާ އަށް ލިބުނު އަނިޔާއާއެކު ބުނާނެ އެއްޗެއް އިނގޭނީ ކުލަބުން ކުރިއަށް ގެންދާ މެޑިކަލް ޓެސްޓުތަކަށް ފަހު ކަމަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގަށް ކަމަވިންގާ ފިޓު ނުވެދާނެތީ އަންޗެލޮޓީ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަނިޔާއާ ގުޅިގެން ރެއާލުން ވަނީ އާދިއްތަ ދުވަހު ކަމަވިންގާގެ އިތުރު ޓެސްޓުތައް ހެދުން ކުރިއަށް ގެންގޮސްފަ އެވެ. ޓެސްޓުތަކުން ދައްކާ ގޮތުގައި ކަމަވިންގާ އަށް ލިބުނީ ކަކުލުގެ އަނިޔާ އެކެވެ. އޭނާގެ ކަނާއަތު ފައިގެ ކަކުލަށް ލިބުނު އަނިޔާ އިން އެ ވަގުތު ދަތެއް އެރިއިރު، ކަކުލުގެ މަސް ގަނޑަށް ވެސް ކޮންމެ ވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން މި ހަފްތާގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަވިންގާ އަށް ކުޅެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކަމަވިންގާ އަކީ ރެއާލްގެ ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. ކުރިއަށް ސިޓީގެ މެޗު އޮތުމާއެކު ރެއާލުން ގެޓަފޭ މެޗަށް ނިކުތީ ބަދަލުތަކާއެކު އެވެ. ކެޕްޓަން ކަރީން ބެންޒެމާ ބެންޗުގައި ވެސް ނުހިމަނަ އެވެ. އަނެއްކޮޅުން ޓޯނީ ކްރޫސް، ލޫކާ މޮޑްރިޗް އަދި ވިނީޝިއަސް ޖޫނިއާ ވެސް ކޯޗު އަންޗެލޮޓީ ފުރުސަތު ދިނީ ބެންޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް