ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 15:54
ޓޮމް ހޮލަންޑް
ޓޮމް ހޮލަންޑް
ގޫގުލް
ޓޮމް ހޮލަންޑް
އަހަންނަށް މޮޅު ޑައިރެކްޓަރަކަށް ވެވިދާނެ: ޓޮމް ހޮލަންޑް
ޓޮމް ހޮލަންޑް ވަނީ މިހާރު ކުރު ފިލްމެއްވެސް ޑައިރެކްޓް ކޮށްފައި

އޭނާއަށް މޮޅު ޑައިރެކްޓަރަކަށް ވެދާނެ ކަމަށް ދާދި ފަހުން ސިނަމާތަކަށް އައި "ސްޕައިޑާމޭމް: ދަ ހޯމްކަމިން" ގެ ޓައިޓަލް ރޯލް ކުޅެފައިވާ ޓޮމް ހޮލަންޑް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ޓޮމް ހޮލަންޑް ބުނީ އޭނާ އަށް މޮޅު ޑައިރެކްޓަރަކަށް ވުމުގެ އުއްމީދު އެބަ އޮތް ކަމަށާއި އޭނާ ބޭނުންވަނީ މޮޅު ޑައިރެކްޓަރަކަށް ވުމަށް ކަމަށެވެ. އެއީ އޭނާ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

ޓޮމް ހޮލަންޑް ބުނީ އޭނާ ޑައިރެކްޓަރަކަށްވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ގާތްތަގަނޑަކަށް 5 އަހަރުދުވަހުގެތެރޭގައި ފެންވަރު ރަނގަޅު ފިލްމެއްގެ ޑައިރެކްޓަރަކަށް ވެވޭނެކަމަށް ޓޮމް ހޮލެންޑް ބުންޏެވެ.

އޭނާ ވަނީ "ޓްވީޓް" ކިޔާ ކުރު ފިލްމެއް ޑައިރެކްޓްކޮށްފައެވެ.

އޭނާ އަށް އެއީ އެހާ އުނދަގޫ ވާނެ ކަމަކަށް ނުވާނެ ކަމަށާއި ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނީ ކުރާހިތުން ފަރުވާތެރިކަމާއެކީ ކުރުމުން ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އޭނާގެ ޒުވާން އުމުރުގައި ޑައިރެކްޓަރަކަށް ވެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ޓޮމް ހޮލަންޑް ބުންޏެވެ.

ޓޮމް ހޮލަންޑް ފުރަތަމަ ކުޅެފައިވާ ފިލްމަކީ "އެރިއެޓީ" އެވެ. ޓޮމް ހޮލަންޑަށް ވަނީ ޔަންގް އާޓިސްޓް އެވޯޑް 2013 ވަނަ އަހަރު "ދަ އިމްޕޮސިބަލް" އިން ލިބިފައެވެ.

އޭނާ މިހާރު ހޮލީވުޑްގައި ކުރަމުންދާ މަސައްކަތަކީ "އެވެންޖާޒް: އިންފިނިޓޯ ވޯ" އެވެ.

ޓޮމްއަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަން ޑޮމިނިކް ހޮލަންޑްގެ ދަރިއެކެވެ.

މިހާރު ސިނަމާތަކުގައި އޮތް "ސްޕައިޑާމޭން: ދަ ހޯމްކަމިން" ގައި ޓޮމް ހޮލަންޑަކީ ސްޕައިޑާމެންއެވެ.

- ކޮމެންޓް