ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 23:52
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް އޭޖީއެމް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މެއި 29ގައި ބާއްވަނީ
 
ޕްރީ-ރަޖިސްޓްރޭޝން މެއި 27 އާ ހަމައަށް ވަނީ ހުޅުވާލާފައި
 
ޖަލްސާގައި ބައިވެރިވެވޭނީ 21 މެއި ގެ ނިޔަލަށް ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާނަމަ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާ މި ހިނގާ މެއި މަހުގެ 29 ގައި ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 29 މެއި 2023 ވާ ހޯމަ ދުވަހުގެރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

މިޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 21 މެއި ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެރޭ 8:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުމާއި 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ސާފު ފައިދާ ވަނީ 1.48 ބިލިއަށް ރުފިޔާ އަށް އަރާފައެވެ. ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް