ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 22:50
މެޗަށްފަހު ކޯޗު ޓެންހާގު ޒުވާން ގާނާޗޯއާއެކު އުފާފާޅުކުރަނީ
މެޗަށްފަހު ކޯޗު ޓެންހާގު ޒުވާން ގާނާޗޯއާއެކު އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެ، ގަދަ ހަތަރެއްގެ ޖާގަ ވަރުގަދަކޮށްފި
ނިއުކާސަލް ފުއްދާލީ ޕޮއިންޓަކުން

2-0 ން ވުލްވްސް ބަލިކޮށް, މެންޗެސްޓަރ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ވަރުގަދަކޮށްފިއެވެ,

މެޗަށް ނިކުއިންއިރުވެސް ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމުން ފަސްވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ. ދެޓީމްވެސް 35 މެޗު ކުޅެފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 66 ޕޮއިންޓް ހޯދާފައެވެ. ލިވަޕޫލަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ވުލްވުސް ކޮޅަށް މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އެންތަނީ މާޝިއަލްއެވެ. މިއީ މިއަހަރު އޭނާގެ ދެވަނަ ގޯލެވެ. މެޗުގެ އިތުރު ވަގުތުގައި ދެވަނަ ލަނޑު ޖެހީ އަނިޔާއަށްފަހު އެނބުރި އައި ޒުވާން ގާނާޗޯއެވެ. ޔުނައިޓެޑް މޮޅެއް މިހޯދީ ނަތީޖާ ގޯސް ދެ މެޗަށްފަހުއެވެ. އެކަމަކު މެޗުގެ އަދަދު ހަމަކޮށް ޔުނައިޓެޑުން އަލުން ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު ބޮޑު ހިތްހަމަޖެހުމެއް ވަނީ ހޯދާފައެވެ.

މިނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ހިތްހަމަ ޖެހުމަކީ ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް މޮޅުނުވެވި, ދެޓީމް ޕޮއިންޓްގެ ގޮތުން ހަމަހަމަވުމެވެ. ނިއުކާސަލް ލީޑްސް ޔުނައިޓެޑާ ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ނަތީޖާއަކީ މެންޗެސްޓަރ ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ފަރަގަށް ބަލަން ޖެހުމެވެ. ނިއުކާސަލްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

- ކޮމެންޓް