ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 21:03
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓް އެލާޓް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ 9ން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

- ކޮމެންޓް