Advertisement
ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 13:35
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ގެވެށި އަނިޔާކުރުން
އަނބިމީހާއަށް ގެވެށި އަނިޔާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް
ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ހެތްކަށް ނުފޫޒު ފޯރުވާފާނެތީ

އަނބިމީހާއަށް އަނިޔާ ކުރި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާއާއި، މާރާމާރީ، އަދި ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ކުށުގެ ތުހުމަތުގައެވެ.

އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 27 މެއި 2023 ގައެވެ.

މި މައްސަލާގައި ހެކީގެ ގޮތުގައި ފުލުހުން ވަނީ އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ފޮޓޯތައްވެސް ހުށައަޅާފައެވެ.

އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ހެތްކަށް ނުފޫޒު ފޯރުވާފާނެތީއެވެ.

Advertisement

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތުގައި އޭނާ ވަނީ އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ. އަނިޔާތަކުގެ ބާވަތަށް ބަލާއިރުވެސް، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮވެދާނެކަމަށް ފެންނަކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭނާ އަނިޔާކޮށްފައިވަނީ އޭނާގެ އަނބިމީހާއަށްކަމަށްވާއިރު، އެ މަންޒަރު ފެނުނީ އޭނާގެ އަނބިމީހާގެ ދެ ދަރިންނަށްކަމަށްވާތީ، އަނިޔާލިބުނު ފަރާތާއި، މަންޒަރު ދުށް ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތްކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ ނަދީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް