ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 11:29
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހާގް
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ޓެން ހާގް ބުނަނީ ކުޅުންތެރިން ހަދާ ގޯސްތަކަށް "އަޅާ ނުލައި" ނުހުރެވޭނެ ކަމަށް
 
ރަނގަޅަށް ފޯކަސް ކޮށްގެން ކުރިއަށްދާނަމަ އެކަހަލަ ގޯސްތަކެއް ނުފެންނާނެ

މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިން ހަދާ ގޯސްތަކަށް "އަޅާ ނުލައި" ނުހުރެވޭނެކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި މއެވެ.

ޓެން ހާގް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. އެ މެޗަށް ކުރިމަތިލާއިރު، އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމުން ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގައި ދެމި އޮތުމުގެ ޕްރެޝަރު ބޮޑުވެފައެވެ. އެހެންކަމުން ގަދަ ހަތަރެއްގައި ދެމިއޮތުމަށް, ވުލްވްސް މެޗުން މޮޅުވުން ޔުނައިޓެޑަށް މަޖުބާރުވާނެއެވެ.

ޓެން ހާގް ބުނީ ކުޅުންތެރިންގެ ފަރާތުން ހެދޭ ގޯސްތަކުގެ ވާހަކަ ނުދައްކައި ދޫނުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ވަކިވަކި ކުޅުންތެރިންނަށް ހެދޭ ގޯސްތަކަކީ ފުޓުބޯޅައިގެ ބައެއް ކަމަށާއި، ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނުކަމަށެވެ. ޓެން ހާގް ބުނީ ބައެއް ހާލަތްތަކުގައި އެކަހަލަ ގޯސްތައް ހެދޭނެކަމަށެވެ. އެހެން ނަމަވެސް އޭނާ ގަބޫލުކުރާގޮތުގައި، ރަނގަޅަށް ފޯކަސް ކޮށްގެން ކުރިއަށްދާނަމަ އެކަހަލަ ގޯސްތަކެއް ނުފެންނާނެއެވެ. އޭނާ ބުނީ ކުރިއަށް މި އޮތް ހަފުތާގައި، ޔުނައިޓެޑުގެ ހުރިހާ ކުޅުންތެރިން ހިމެނޭހެން އެކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ.

ވުލްވްސްއާ ގުޅޭގޮތުން ވާހަކަދައްކަމުން ޓެން ހާގް ބުނީ އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމަކަށް.ވާނެކަމަށެވެ. އެހެން ނަމަވެސް، އެންމެ ފަހުން ކުރިއަަށްގެންދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިން ކުރި މަސައްކަތާއެކު، ވުލްވްސްއަށް މެޗު ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު އޮތް ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ބުނީ، ކުޅުންތެރިން ވެސް ކުރިއަށް ދާންވާނީ ޓީމުގެ ޓާގެޓުތަކާ އެއްގޮތަށް ކަމަށާއި، ސީޒަންގެ މިހިސާބުން ގޯހެއް ހަދައިފިނަމަ، ބޮޑު ގެއްލުމެއް ދައްކާނެ ކަމަށެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވުލްވްސްއާ ދެކޮޅަށް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 19:00ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް