ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 14:46
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ (ކ) އަދި އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ (ވ)
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ (ކ) އަދި އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ (ވ)
ޓްވިޓަރ
ރޮމެލޫ ލުކާކޫ
ޔުނައިޓެޑާއެކު ލުކާކޫ މެޑިކަލް ފުރިހަމަކޮށްފި
ލުކާކޫ ޔުނައިޓެޑަށް ބަދަލުވަނީ 75 މިލިއަން ޕައުންޑަށް

މެންޗެސްޓާ ޔުނައިޓެޑާއެކު އެވަޓަން އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ މެޑިކަލް ފުރިހަމަކޮށްފި އެވެ.

ލުކާކޫ ޔުނައިޓެޑާއެކު މެޑިކަލް ފުރިހަމަކުރިކަން އިއުލާންކުރީ ސްނެޕްޗެޓް މެދުވެރިކޮށެވެ. އެގޮތުން އޭނާ ވަނީ މެޑިކަލް ހަދަނިކޮށް ސްނެޕްތަކެއް އާންމުކޮށްފައެވެ.

ލުކާކޫއާ އެކު ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފައިވާއިރު، އޭނާ ޔުނައިޓެޑަށް ބަދަލުވަނީ 75 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

 ޔުނައިޓެޑުން ލުކާކޫއާއެކު އެއްބަސްވުމަކަށް އާދެވިފައިވާއިރު، އޭނާ ހޯދަން ގިނަ ކްލަބްތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބް ޗެލްސީވެސް ހިމެނެއެވެ.

ޔުނައިޓެޑުން ވަނީ ލުކާކޫގެ އިތުރުން ރެއާލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒްވެސް ހޯދަން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވަނީ ރެއާލް އިން ހުށަހެޅި އަގު މާ ބޮޑުވުމުންނެވެ. ރެއާލް އިން ހާމޭސް ވިއްކާލަން ބޭނުންވަނީ 90 މިލިއަނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިހާތަނަށް އެވަޓަން އަށް ކުޅުނު 219 މެޗުގައި 104 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބެލްޖިއަމް ޓީމަށް ކުޅުނު 57 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް