ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 12:30
ޔުރޮޕާ ލީގު ސެމީ ފައިނަލްގެ ފަރިތަކުރުންތަކުގައި ޔުވެންޓަސްގެ ކޯޗު އެލެގްރީ
ޔުރޮޕާ ލީގު ސެމީ ފައިނަލްގެ ފަރިތަކުރުންތަކުގައި ޔުވެންޓަސްގެ ކޯޗު އެލެގްރީ
ރޮއިޓާސް
ޔުރޮޕާ ލީގު
ސެވިއްޔާ އަތުން މޮޅުވުމަކީ ފަސޭހަކަމަކަށް ނުވާނެ: އެލެގްރީ
ސެވިއްޔާ އަކީ މި މުބާރާތުގެ ތަޖުރިބާ ހުރި، މުބާރާތުގައި ކާމިޔާބު ޓީމެއްގެ ގޮތުގައި އެލެގްރީ ސިފަކުރި

ޔޫރޮޕާ ލީގު ސެމީ ފައިނަލްގައި ސެވިއްޔާ އަތުން މޮޅުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެލެގްރީ ބުނީ، ސެވިއްޔާ އަކީ މި މުބާރާތުގެ ތަޖުރިބާ ހުރި ޓީމެއްކަމާ، އެ ޓީމުއަތުން މޮޅުވުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ. މީގެ އިރުތުން ސެވިއްޔާ އަކީ ޔުރޮޕާ ލީގު ހަތަރު ފަހަރު އަދި ޔުއެފާ ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ، މި މުބާރާތުގައި ކާމިޔާބު ޓީމެއްކަމަށް ބުންޏެވެ.  

ސީޒަންގެ މެދުތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ޔުވެންޓަސްގެ 15 ޕޮއިންޓު ކެނޑިނަމަވެސް، ކުޅުންތެރިން ކުރި ހިތްވަރަށް އެލެގްރީ ވަނީ ތައުރީފުކޮށްފައެވެ. ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އުނިކުރި 15 ޕޮއިންޓު މިހާރު ވަނީ މައްސަލަ ބަލާ ނިމެންދެން ޔުވެންޓަސްއަށް އަނބުރާ ދީފައެވެ.

އެލެގްރީ އިތުރަށް ބުނީ ދިމާވި ގޮންޖެހުންތަކާއެކުވެސް، މިއަދާ ހަމަޔަށްވެސް ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާކަމަށެވެ. އަދި އެއީ ފަސޭހަކަމެއް ނޫންކަމަށާ ބާކީ އޮތީ ސީޒަންގެ އެންމެ މުހިންމު 20 ދުވަސް ކަމަށެވެ.

ޔުވެންޓަސް ސެމީއަށް ދަތުރުކުރީ ކުއާޓާގައި ސްޕޯޓިންގ ލިސްބަން ބަލިކުރުމަށްފަހުއެވެ. އަދި ސެވިއްޔާ ސެމީއަށް ދިޔައީ ކުއާޓާގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހުއެވެ. ޔުވެންޓަސް އާއި ސެވިއްޔާ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ، ރާއްޖެ ގަޑިން 12:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް