ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 12:08
ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ލެވަކޫސަންގެ ކޯޗު އަލޮންސޯ
ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ލެވަކޫސަންގެ ކޯޗު އަލޮންސޯ
ރޮއިޓާރސް
ޔުއެފާ ޔޫރޮޕާ ލީގު
ރޯމާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ، އެހެން ނަމަވެސް އަލޮންސޯ ހުރީ އުންމީދުގައި
 
ކުރިއަށް އޮތް މެޗުގައި އަލޮންސޯގެ ފޮކަސް ހުންނާނީ ދަނޑު މައްޗަށް ކަމަށާއި، ނަތީޖާ ނެރެން މަސައްކަތް ކުރާނެ

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޯމާއާ ދެކޮޅަށް އުނދަގޫވާނެ ކަމަށާއި، އެހެން ނަމަވެސް ޓީމާމެދު އިތުބާރު އޮންނާނެ ކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ސެމީ ފައިނަލްގައި މި ދެ ޓީމުގެ ފުރަތަމަ ލެގު އޮންނާނީ ރޯމާގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ރޯމާގެ ދަނޑުގައި އޮންނާނީ ވަރަށް އެހެން ކަހަލަ މާހައުލެއް ކަމަށާއި، ކުޅެން ޖެހޭ ޓީމަކީ ވެސް ވަރަުގަދަ ޓީމެއް ކަމަށެވެ. އެނާ ފާހަގަ ކުރި ގޮތުގައި ރޯމާ އަކީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެކެވެ. އެހެން ނަމަވެސް ލެވަކޫސަނުން ބޭނުން ވަނީ އެ މީހުންގެ ރޫހުގައި މެޗު ކުޅެ، ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅޭއިރު އެކަމުގެ ފައިދާ ނަގަން ކަމަށް ވެސް އަލޮންސޯ ބުންޏެވެ. ހަމައެއާއެކު ލެވަކޫސަންގެ ހުރިހާ ވެސް ޓާގެޓާކީ ސެމީ އިން މޮޅުވެ ފައިނަލަށް ދިޔުމަށް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އަލޮންސޯ ބުނީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ ފުރަތަމަ 11 ގައި ކޮންމެ ކުޅުންތެރިޔަކު ހިމެނި ނަމަވެސް، އެމީހުންނަކީ ވަރަށް ވަރުގަދަ ޓީމަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް ރޯމާ އިން މިހާތަނަށް ނެރެފައިވާ ނަތިޖާތަކަށް ބަލާއިރު ވެސް އެކަން ފެންނަން އޮތް ކަމަށް އަލޮންސޯ ބުންޏެވެ. އިތުރަށް އޭނާ ބުނީ އިދިކޮޅަށް ކުޅެން އޮތީ ކޮންމެ ޓީމަކަށް ވީ ނަމަވެސް، އެމީހުންނަކީ އެހާ ފަސޭހައިން އުންމީދު ކަނޑާލާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން ރޯމާ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ލެވަކޫސަނަށް ވެސް އަދި އޭނާ އަށް ވެސް އޮތް ޗެލެންޖެއް ކަމަށް އަލޮންސޯ ފާހަގަ ކުރި އެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ލެވަކޫސަނުން މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. ރޯމާގެ ކޯޗު މޮރީނިއޯއާ ގުޅޭ ގޮތުން އަލޮންސޯ ބުނީ، އޭނާ އާއި މޮރީނިއޯގެ އޮންނާނީ ވަރަށް ރަނގަޅު ހަނދާން ތަކެއް ކަމަށެވެ. ޚާއްސަކޮށް ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހޭދަ ކުރި ދުވަސްތަކުގެ ވާހަކަ އަލޮންސޯ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ކުރިއަށް އޮތް މެޗުގައި އޭނާގެ ފޮކަސް ހުންނާނީ ދަނޑު މައްޗަށް ކަމަށާއި، ނަތީޖާ ނެރެން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރޯމާގެ ދަނޑުގައި ލެވަކޫސަނުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް