ކ. މާލެ
|
9 މެއި 2023 | އަންގާރަ 19:32
އެމްޕްލޯޔަރސް ފެޑެރޭޝަނުގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން
އެމްޕްލޯޔަރސް ފެޑެރޭޝަނުގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން
ފޭސްބުކް
ވަޒީފާގެ ފުރުސަތުތައް
ކުންފުނިތަކުން ބޭނުންވާފަދަ އަހުލާގެއް ހުރި މުވައްޒަފުން ބިނާކުރުން މުހިންމު - އަލީ ޒަކީ
 
ރެޒިލިއަންޓް، ރެސްޕޮންސިވް އެންޑް އެފެކްޓިވް ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔަރސް ވޯކްޝޮޕްގައި 35 ކުންފުނިން ބައިވެރިވި

ކުންފުނިތަކުން ބޭނުންވާފަދަ އަހުލާގެއް ހުރި މުވައްޒަފުން ބިނާކުރުން މުހިންމުކަމަށް، ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވެއްޖެއެވެ.

ޒަކީ މިފަދައިން ވިދާޅުވީ ބިލްޑިން އަ ރެޒިލިއަންޓް، ރެސްޕޮންސިވް އެންޑް އެފެކްޓިވް ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔަރސް ވޯކްޝޮޕްގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެފަދަ ވޯކްޝޮޕެއް މެދުވެރިކޮށް، ވަޒީފާ ދޭ ފަރާތްތަައް އެއް މާހައުލަކުން ބައްދަލުވުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށެވެ. އެކަމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ހުރި ދަތިތަކާއި ދިމާވާ މައްސަލަތައް ހައްލުކުރަން ފުރުސަތު ލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ، ރާއްޖެ މއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސައްކަތުގެ މާހައުލުގެ އަހުލާގު ހުރި މީހުން މަދުވުން ކަމަށެވެ. ޚާއްސަކޮށް ޒުވާނުންގެ ވަޒީފާގެ އަހުލާގު ހުންނަނީ ވަޒީފާދޭ މީހުންނަށް ވަރަށް ބޮޑަށް ދަތިވާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާގައި އުޅޭއިރު މަސައްކަތަށް ފަރުވާކުޑަވުމަކީ ވަޒީފާ ދޭ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔަރސް (އެންއެފްއެމްއީ)ން އެ ޖަމިއްޔާގެ މެންބަރުންނަށް ހިންގި މި ޕްރޮގްރާމްގައި ކުންފުނިތަކުން ބައިވެރިވެ ޚިޔާލާއި ޝުއޫރުތައް ހިއްސާކޮށްފައިވެއެވެ. އަދި އެކި ދާއިރާތަކުން މައުލޫމާތު ބަދަލުކޮށްފައިވެއެވެ. ދެ ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށްދިޔަ މި ވޯކްޝޮޕުގައި ރާއްޖޭގެ 35 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.  މި ތަމްރީނުގައި، ގަވަރނަންސްއާއި ހިދުމަތް ދިނުމުގެ ދާއިރާގެ އިތުރުން އެމްޕްލޯޔަރސް ފެޑެރޭޝަންގައި ބައިވެރިވުމާމެދު ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް