ކ. މާލެ
|
8 މެއި 2023 | ހޯމަ 21:35
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލަށް ރައީސް ވަޑައިގަތުން
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލަށް ރައީސް ވަޑައިގަތުން
ރައީސް އޮފީސް
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި
 
ފެސްޓިވަލް ކުރިޔަށްދާނީ މެއިމަހުގެ 8ން 13އަށް
 
މި ފެސްޓިވަލްގައި 8 ގައުމަކުން 80އަށްވުރެ ގިނަ ފަންނުވެރިން ބައިވެރިވޭ
 
މި ފެސްޓިވަލް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ކަމަށްވާ "ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް" ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލް ފެށުމުގެ ގޮތުން ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި، ފެސްޓިވަލް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ރައީސް ވަނީ މި ފެސްޓިވަލް ފައްޓަވައިދެއްވައި ވާހަކަފުޅުވެސް ދައްކަވާފައެވެ. މިގޮތުން މިފެސްޓިވަލުގައިވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް ވިދާޅުވިއެެވެ. އަދި މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފެސްޓިވަލް ފަށާފައިވަނީ 8 ގައުމަކުން 80އަށްވުރެ ގިނަ ފަންނުވެރިންނާއެކުއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މެއިމަހުގެ 8ން 13އަށް، ސޯޝަލްސެންޓަރުގައެވެ.

ކޮމެންޓް
ގުޅުންހުރި