Advertisement
ކ. މާލެ
|
8 މެއި 2023 | ހޯމަ 15:37
ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހަވާލުކުރުން
ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހަވާލުކުރުން
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓު
ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް އެރަށު ކައުންސިލާ ހަވާލުކޮށްފި
ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްލިބޭނެ
މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ލިބިގެންދާނެ

ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ކަނޑޫދޫ ކައުންސިލާ ހަވާލުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ފަރާތުން މި މަސައްކަތް ކަނޑޫދޫ ކައުންސިލާ ހަވާލުކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާއެވެ.

ޑީޖޭއޭއިން ބުނީ މި މަސައްކަތުގެ ސަބަބުން ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްލިބި، މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ލިބިގެންދާނެ ކަމަށެވެ.

Advertisement

އަދި ކޯޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް ޑިޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން ގެންދަނީ ރާއްޖޭގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް