ކ. މާލެ
|
8 މެއި 2023 | ހޯމަ 14:41
ރައީސް ސާލިހު އާބިދާއާއެކު
ރައީސް ސާލިހު އާބިދާއާއެކު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
އާބިދާ އަހުމަދު އަވަހާރަވުން
ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވެއްޖެ
އާބިދާ އަވަހާރަވީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި
އަވަހާރަވިއިރު އުމުރުފުޅަކީ 66 އަހަރު

ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވެއްޖެއެވެ.

އާބިދާ އަވަހާރަވީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 66 އަހަރެވެ.

އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިނިސްޓްރީއާ ވަކިވެގެން ދިޔައީ އަގުއަދާ ނުކުރެވޭވަރުގެ ޚިދުމަތްތެރި މުވައްޒަފެއް ކަމަށާއި، ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ. އަދި ވަފާތެރިކަމާއި، ޝައުގުވެރިކަމާއެކު 40 އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓްރީއަށް ޚިދުމަތް ކުރައްވާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ އާބިދާ އަކީ އެންމެންގެ އެކުވެރިއެއް ކަމަށާއި، އޭނާގެ ހަނދާންތައް މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށެވެ.

އާބިދާގެ ކަށުނަމާދު އޮންނާނީ ހޯމަ ދުވަހުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އާބިދާ ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ 15 ނޮވެންބަރު 1978 ގައެވެ. މުލިއާގެ މެއިޑެއްގެ ގޮތުގައި ފެއްޓެވި އެވަޒީފާއިން 8 ޖޫން 1982 ގައި ވަކިވެވަޑައިގެންނެވިއެވެ. އަދި އަލުން 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއާ ގުޅިވަޑައިގެންނެވިއެވެ. އޭގެފަހުން 15 އޮގަސްޓު 1985 އިން ފެށިގެން ޚިދުމަތް ކުރެއްވީ ފޮރިން މިނިސްޓްރީގައެވެ. މިނިސްޓްރީގައި އާބިދާ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އިދާރީ ހިންގުމާބެހޭ ސެކްޝަނުގައެވެ.

- ކޮމެންޓް