ކ. މާލެ
|
7 މެއި 2023 | އާދީއްތަ 10:17
އިންޓަ މިލާނާއި ރޯމާ ކުޅުނު މެޗުގެ ތެރެއިން
އިންޓަ މިލާނާއި ރޯމާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
އިޓާލިއަން ލީގު
އިންޓަ އަތުން ބަލިވެ ރޯމާ އަށް ވެއްޓުމެއް
 
ބައްޔާއެކު ރޯމާ ވަނީ ލީގު ތާވަލްގެ ހަތް ވަނަ އަށް ވެއްޓިފައި

އިޓާލިއަން ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ތާވަލްގައި ރޯމާ ފަހަތަށް ޖެހިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗުގައި އިންޓަ އިން ރޯމާގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ފެޑެރީކޯ ޑި މާކޯ އެވެ. އެއީ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑި މާކޯ ޖެހި ލަނޑެކެވެ. އިންޓަގެ ދެ ވަނަ ލަނޑަކީ ދެ ވަނަ ހާފުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ޖެހި ލަނޑެކެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލުކާކޫ 74 ވަނަ މިނެޓުގައި ލަނޑު ޖެހީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ބައްޔާއެކު ރޯމާ ވަނީ ލީގު ތާވަލްގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. ކުޅުނު 34 މެޗުން އެ ޓީމަށް ލިބެނީ 58 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް އެޓަލަންޓާ އަށް ވެސް ލިބެނީ 58 ޕޮއިންޓެވެ. އެ ޓީމު ކުރި ހޯދަނީ ލަނޑުންނެވެ. ރޯމާ އަތުން ހޯދި މޮޅާއެކު އިންޓަ ވަނީ ހަތަރު ވަަނައިގައި ދެމިއޮވެފަ އެވެ. އެއީ ކުޅުނު 34 މެޗުން 63 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް