ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 22:01
ތާރީޚީ ލަނޑު ޖެހުމަށްފަހު ކޭން
ތާރީޚީ ލަނޑު ޖެހުމަށްފަހު ކޭން
ރޮއިޓަސް
އިނގިރޭސި ޕްރިމިއަރ ލީގު
ހެރީ ކޭންގެ ރެކޯޑް ލަނޑުން، ހަތަރު މެޗަށްފަހު ޓޮޓެންހަމް މޮޅު!
ކްރިސްޓަލް ޕެލަސް އަތުން މޮޅުވީ 1-0ން

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހެރީ ކޭން ވެއްޖެއެވެ.

އިނގިރޭސި ފޯވާޑް ލިސްޓްގެ ދެވަނައަށް ޖެހިލީ, ކުރީގެ ފޯވާޑް ވޭން ރޫނީ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޓޮޓެންހަމް ނިކުއިތްއިރު، ރޫނީއާއި ކޭންވެސް ލީގުގައި ޖަހާފައިވާ ލަނޑުގެ އަދަދަކީ 208ވެ. ލިސްޓްގެ އެއްވަނާގައި ހުރީ އިނގިރޭސި ކުރީގެ މަޝްހޫރު ފޯވާޑް އެލަން ޝިއަރާއެވެ. އޭނާގެ ޖުމްލައަކީ 260ވެ. އެއީ ނިއުކާސަލް ޔުނައިޓެޑާއި, ބްލެކްބާން ރޯވާސްއަށް ޖެހި ލަނޑުތަކެެވެ.

ކްރިސްޓަލް ޕެލަސް އަތުން ޓޮޓެންހަމް 1-0 ން މޮޅުވި މެޗުގައި 29 އަހަރުގެ ކޭން ބޮލުން ޖެހި ލަނޑާއެކު އޭނާގެ ޖުމްލައަކީ 209 އެވެ. މިއީ މޮޅެއް ނުލިބި ހަތަރު މެޗަށްފަހު ޓޮޓެންހަމް މޮޅުވި މެޗުވެސް މެއެވެ. މިމޮޅާއެކު ޓޮޓެންހަމް ވަނީ ބްރައިޓަން ފަހަތަށް ޖައްސާލުމަށްފަހު ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް