ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 20:14
އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވެޑުވުން
އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވެޑުވުން
ރޮއިޓާސް
އިނގިރޭސި ރަސްގެފާނު ޗާލްސް 3
ރަސްގެފާނު ޗާލްސް 3, ރަސްކަމުގެ ތަޚުތުގައި ވަޑުވައިފި
ޗާލްސްއަކީ ވެސްޓްމިންސްޓަރ އެބީގައި ރަސްކަމުގެ ތަޚުތުގައި ވެޑުވި 40 ވަނަ ރަސްގެފާނު
މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައި
ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ތުރުކުރައްވާފައިވަނީ، އަރކިބިޝޮޕް އޮފް ކެންޓަބަރީ
މި ރަސްމިއްޔާތުގައި ޗާލްސްގެ ދެވަނަ އަބިކަނބަލުން، ކެމީލާގެ އިސްތަށިފުޅުގައި ވަނީ ރަނިކަމުގެ ތާޖު ތުރުކުރައްވާފައި

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވަޑުވައިފިއެވެ.

ރަސްގެފާނު ޗާލްސް އިނގިރޭސި ތަޚުތުގައި ވަޑުވާފައިވަނީ މެއި ހަވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި, ޝާހީ އިއްޒަތުގައި ބޭއްވި ކުލަގަދަ ދަރުބާރެއްގައެވެ.

ޗާލްސް ތިންވަނައަށް އިނގިރޭސިވިލާތާއި، ކޮމަންވެލްތުގެ 14 ސަރަހައްދެއްގެ ރަސްކަން ލިބިވަޑައިގަތީ، މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ޗާލްސްއަކީ ވެސްޓްމިންސްޓަރ އެބީގައި ރަސްކަމުގެ ތަޚުތުގައި ވެޑުވި 40 ވަނަ ރަސްގެފާނެވެ.

ރަސްގެފާނު ޗާލްސް ތިންވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ފެށިގެންގޮސްފައިވަނީ، އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމީލާއާއެކު ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގަންނަވަން ބަކިންގްހެމް ޕެލަސްއިން ނުކުމެވަޑައިގަތް ހިސާބުންނެވެ.

އެ ދެކަނބަލުން، ރަނުން ޖަރީކޮށްފައިވާ އަސްގާޑިޔާކޮޅެއްގަައި ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގަންނަވާ މަންޒަރު ބަލަން އެތައް ހާސް ބަޔަކު ވަނީ ލަންޑަންގެ މަގުތައްމައްޗަށް ނުކުމެފައެވެ. މި އަސްގާޑިޔާކޮޅަކީ 1760 ވަނަ އަހަރު ފަރުމާކޮށްފައިވާ ޝާހީ ގާޑިޔާކޮޅެކެވެ. މި ރަސްމިއްޔާތު ވަނީ ޓީވީން ލައިވްކޮށް ދައްކާފައެވެ.

ރަސްގެފާނު ޗާލްސް ތިންވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި ކޮމަންވެލްތުގެ ގައުމުތަކުގެ ލީޑަރުންނާއި، އިނގިރޭސިވިލާތާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.

ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ތުރުކުރައްވާފައިވަނީ އަރކިބިޝޮޕް އޮފް ކެންޓަބަރީއެވެ.

މިރަސްމިއްޔާތުގައި، ޗާލްސްގެ ދެވަނަ އަބިކަނބަލުން ކެމީލާގެ އިސްތަށިފުޅުގައި ވަނީ ރަނިކަމުގެ ތާޖުވެސް ތުރުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް