Advertisement
ކ. މާލެ
|
5 މެއި 2023 | ހުކުރު 21:42
ކޮމަންވެލްތު ލީޑަރސް އިވެންޓުގެ ތެރެއިން
ކޮމަންވެލްތު ލީޑަރސް އިވެންޓުގެ ތެރެއިން
ރައީސް އޮފީސް
ކޮމަންވެލްތު ލީޑަރސް އިވެންޓް
ކޮމަންވެލްތު ލީޑަރސް އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގެންފި
ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ވާހަކަފުޅު ދައްކެވި
ކޮމަންވެލްތުގެ މުސްތަގުބަލާއި ބެހޭގޮތުން މަޝްވަރާކުރެއްވި
ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި

ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރުދުވަހު ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ކޮމަންވެލްތު ލީޑަރސް އިވެންޓު މި ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ޚާއްސަގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާސަބުވާ ގޮތަށެވެ.

މިފަހަރުގެ ކޮމަންވެލްތު ލީޑަރސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އިނގިރޭސި ތަޙުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަގުބަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކާ ބެހޭގޮތުންނެވެ.

Advertisement

މި އިވެންޓަށްފަހު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްސީލުކުރައްވާ މަންދޫބުން ވަނީ ހިޒް މެޖެސްޓީ ޗާލްސް ތިންވަނަ އާއިއެކު ރަސްމީފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި އޮންނާނީ ހޮނިހިރުދުވަހު ވެސްޓްމިނިސްޓަރ އެބީގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިވަގުތު ލަންޑަން އަށް ވަޑައިގެން ތިއްބެވީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް