ކ. މާލެ
|
5 މެއި 2023 | ހުކުރު 07:22
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1ން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 7 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް