ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 07:56
ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އަކޭ
ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އަކޭ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ވެސްޓް ހޭމް ބަލިކޮށް ޗެމްޕިއަން ސިޓީ އެއްވަނައަށް
 
ސިޓީ އެއްވަނާގައި އޮތީ ޕޮއިންޓެއްގެ ލީޑަކާއެކު

3-0 ން މެންޗެސްޓަރ ސިޓީ ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

ދެ މެޗު އިތުރަށް ކުޅެގެން އާސެނަލް އެއްވަނާގައި ވަނިކޮށް, ސިޓީން މަޤާމް ހޯދީ 3-0 ން ވެސްޓް ހޭމް ބަލިކޮށްގެންނެވެ. މިހާރު ސިޓީ އެއްވަނާގައި އޮތީ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކުޅެ, ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ. އެއީ 33 މެޗުން 79 ޕޮއިންޓާއެކުއެވެ. އާސެނަލް ދެވަނާގައި އޮތީ 34 މެޗުން 78 ޕޮއިންޓާއެކުއެވެ.

މެޗުގައި ސިޓީއަށް ލީޑް ނަގައިދިނީ ޑިފެންޑަރ ނަތަން އަކޭއެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި އަކޭ ލަނޑު ޖެހީ ރިޔާދު މާރޭޒް ތަނަވަސްކުރި ފުރުޞަތެއްގައެވެ. ދެވަނަ ލަނޑު ހާލަންޑް ޖެހީ 70 ވަނަ މިނެޓުގައެވެ. މިއީ ސީޒަންގައި އޭނާގެ 51 ވަނަ ލަނޑެވެ. ލީގުގައި 35 ވަނަ ލަނޑެވެ. ފަހު ލަނޑު 85 ވަނަ މިނެޓުގައި ޖެހީ ފިލް ފޮޑެންއެވެ. މިއީ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ސިޓީން ޖެހި 1000 ވަނަ ގޯލެވެ.

މުޅި މެޗުގައިވެސް ވެސްޓް ހޭމްއަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ, މިސީޒަންގައި ލީގުގެ އިތުރުން އެފްއޭކަޕާއި ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުޞަތު ސިޓީއަށް އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް