ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 00:29
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އެމްބާޕޭ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އެމްބާޕޭ
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑު ގަތުމަށްފަހު ޝެއިޚް ޖާސިމް ބޭނުންވަނީ އެމްބާޕޭ ގެންނަން
 
އެމްބާޕޭގެ އިތުރު ދެން ހިމެނެނީ، ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކިންގްސްލީ ކޯމަން، އަދި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެޑުއާޑޯ ކަމަވިންގާ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑު ގަތުމަށް ގަތަރުގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިސްލާމިކް ބޭންކްގެ ޗެއާމަން ހަމަދް ބިން ޖާސިމް ކުރެއްވި ބިޑު ކާމިޔާބުވެއްޖެ ނަމަ އޭނާ ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޔުނައިޓެޑު ގަތުމަށް ރަސްމީކޮށް ބިޑު ހުށަހަޅައިފައި ވަނީ ޖާސިމްގެ އިތުރުން ޖިމް ރަޓްކްލިފް އެވެ. ބިޑުތައް އިވެލުއޭޓް ކުރަމުންދާ އެމެރިކާގެ ރޭން ގްރޫޕުން ކުރިއަށް އޮތް ދުވަސްތަކުގައި ބިޑު ކާމިޔާބު ކުރާނެ ފަރާތެއް އިއުލާން ކުރާނެ އެވެ. ޔުނައިޓެޑު ގަންނަން ކުރި ބިޑު ޖާސިމަށް ކާމިޔާބުވެއްޖެ ނަމަ، އޭނާ ވަނީ އެ ކުލަބަށް އައު ކުޅުންތެރިން ހޯދަން ނިންމަވާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި އެމްބާޕޭގެ އިތުރު ދެން ހިމެނެނީ، ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކިންގްސްލީ ކޯމަން، އަދި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެޑުއާޑޯ ކަމަވިންގާ އެވެ.

ނަމަވެސް ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ޔުނައިޓެޑު ގަތުމުގައި ޖާސިމަށްވުރެ ކުރީގައި އުޅެނީ ރަޓްކްލިފް އެވެ. ރަޓްކްލިފް ހުރީ ސަޕޯޓަރުންގެ ރުހުން ނެތް ގްލޭޒާގެ އާއިލާ އަށް ހިއްސާގެ ބައެއް ދީގެން ވެސް ޔުނައިޓެޑް ހިންގައިދޭށެވެ. މި ގޮތުން ކުލަބުގެ 70 ނުވަތަ 50 ޕަސެންޓްގެ ހިއްސާ އޭނާ އަށް އޮވެ, ގްލޭޒާގެ އާއިލާއަށް ކޮންމެ ވެސް ވަރެއްގެ ހިއްސާއެއް ލިބޭނަމަ އެގޮތަކަށް އެމީހުން ދީދާލުން ގާތްކަމަށްވެ އެވެ.

މިއާ ޚިލާފަށް ގަތަރުގެ ޖާސިމްގެ ބިޑްގައިވަނީ މުޅި ކުލަބުގެ ކޮންޓްރޯލް ހޯދުމަށެވެ. އޭނާގެ ނައިންޓޫ ފައުންޑޭޝަނުން ބޭނުންވަނީ ޔުނައިޓެޑުގެ ދަރަނި ފިލުވައި މުޅި ކުލަބުގެ ކޮންޓްރޯލް ނެގުމަށްފަހު، ޓީމު ވަރުގަދަކޮށް، ޓްރޭނިން ސެންޓަރުތަކާއި ޕާކްތަކާއި ކުލަބުގެ އުމްރާނީ ވަސީލްތަތްތައް މިހާރަށްވުރެ ތަނަވަސް ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
56%
0%
22%
0%
0%
22%
ކޮމެންޓް