ކ. މާލެ
|
3 މެއި 2023 | ބުދަ 13:22
ބަކިންހަމް ޕެލެސްގައި ސިފައިން ހަރަކާތްތެރިވަނީ
ބަކިންހަމް ޕެލެސްގައި ސިފައިން ހަރަކާތްތެރިވަނީ
ރޮއިޓާސް
އިނގިރޭސިވިލާތް
ބަކިންހަމް ޕެލެސްއަށް ވަޒަންތަކެއް އުކި މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރި މީހާ އަތުން ވަނީ ވަޅިއެއް ފެނިފައި

އިނގިިރޭސިވިލާތުގެ ރަސްމީ ގަނޑުވަރު، ބަކިންހަމް ޕެލެސްގެ ގޯތިތެރެއަށް ވަޒަންތަކެއް އުކި މީހަކު ހައްޔަރުކޮށްފިއެވެ.

އެ ޤައުމުގެ ސިފައިންނާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވާ ގޮތުގައި އެ މީހާ ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 6:00 ހާއިރު ބަކިންހަމް ޕެލެސްގެ ބޭރުންނެވެ. އޭނާ ހައްޔަރު ކުރީ ނުރައްކާތެރި ހަތިޔާރު ހުރި ކަމުގެ ތުހުމަތުގައި ކަމަށާއި އޭނާ ހައްޔަރު ކުރިއިރު އޭނާގެ އަތުން ވަޅިއެއް ވެސް ފެނިފައިވާ ކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ އިނގިރޭސިިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގަންނަވާ ރަސްގެފާނު ޗަރލްސް ތަހުތާ ހަވާލުވާވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. މި ރަސްމިއްޔާތު ބާއްވަން ތާވަލު ކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް މި ހާދިސާ ހިނގިއިރު ރަސްގެފާނު ޗަރލްސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ކެމިލާ ވެސް ގަނޑުވަރުގައި ނޫޅުއްވާ ކަމަށް ގަނޑުވަރާ ހަވާލާދީ ރޮއިޓަރސްގައި ވަނީ ބުނެފައެވެ.

ލަންޑަނުގެ މެޓްރޮޕޮލިޓަން ފުލުހުންނާ ހަވާލާދީ ރޮއިޓަރސްގައި ބުނީ ބަކިންހަމް ޕެލެސްގެ ގޯތި ތެރެއަށް އުކާލާފައިވަނީ ވަޒަންތަކެއް ކަމަށެވެ. ނަމަވެސް އަދި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތު ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދިރިއުޅޭ ގަނޑުވަރުތަކުގެ ކައިރީގައި ޝައްކުވާ ގޮތަށް އުޅޭ މީހުން އަބަދުވެސް ހައްޔަރުކޮށް ތަހުގީގު ކުރެއެވެ. އެގޮތުން 2016 ވަނަ އަހަރު ވެސް ބަކިންހަމް ޕެލެސްގެ ތެރެއަށް ވަންނަން އުޅުނު މީހަކު ހައްޔަރު ކުރިއެވެ. އަދި 2021 ވަނަ އަހަރު ވިންޑްސަރ ކާސަލް ކައިރީގައި ކްރޮސްބޯއެއް ހިފައިގެން މާސްކު އަޅައިގެން އުޅުނު މީހަކު ވެސް ހައްޔަރު ކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް