ކ. މާލެ
|
2 މެއި 2023 | އަންގާރަ 21:19
ސާފް ޗެމްޕިއަންޝިޕްގައި ލަންކާ - ރާއްޖެ މެޗު ބައްލަވާލެއްވުމަށް ރައީސް ޞާލިހް ޖާޒީގައި ދަނޑަށް ވަޑައިގަންނަވަނީ
ސާފް ޗެމްޕިއަންޝިޕްގައި ލަންކާ - ރާއްޖެ މެޗު ބައްލަވާލެއްވުމަށް ރައީސް ޞާލިހް ޖާޒީގައި ދަނޑަށް ވަޑައިގަންނަވަނީ
ރައީސް އޮފީސް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ ޖާޒީ ރައީސަށް އަރުވައިފި
 
ރައީސް ވަނީ ޖާޒީގައި ސާފް ޗެމްޕިއަންޝިޕް 2021ގެ މެޗުތައް ބައްލަވާފައި

މި އަހަރު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އަށް އަރުވައިފި އެވެ.

މިކަން އޮތީ މިރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑަައިގަތުމުން މެޗުގެ ފެށުމުގެ ކުރިން ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރައީސް ޞާލިހަށް މި ޖާޒީ ހަދިޔާކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ތަށި ރާއްޖެ ވަނީ 2008 އާއި 2018 ވަނަ އަހަރު ހޯދައިފަ އެވެ. އަދި މި އަހަރުގެ މުބާރާތަށް ރާއްޖެ ކުރިމަތިލަނީ ވެސް ތަށި އަލުން ކާމިޔާބުކުރުމުގެ އުއްމީދުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ މުބާރާތް ބޭއްވީ 2021 ވަނަ އަހަރު ރާއްޖޭގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިޔާގެ ގައުމީ ޓީމަށް ތަށި ހަވާލުކޮށްދެއްވީ ވެސް ރައީސް ޞާލިހެވެ. އެމަނިކުފާނު ވަނީ އެ މުބާރާތުގައި ގައުމީ ޓީމު ކުޅުނު ހުރިހާ މެޗެއް ބައްލަވާލެއްވުމަށް ގައުމީ ޖާޒީގައި ދަނޑަށް ވަޑައިގެންފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
29%
14%
0%
29%
29%
0%
ކޮމެންޓް
ގުޅުންހުރި
ބައްސާމަށް ކުށް ސާބިތުނުވަނީސް އޭނާ ކުށްވެރިއަކަށް ހަދައި ވާހަކަނުދެއްކުމަށް ކޯޓުން އަންގައިފި
ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފި
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު