ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރާނެ ދަރިވަރުން އުފެއްދޭނެ ނިޒާމެއް ރާއްޖޭގައި އަދި ނެތް ކަމަށް ރަންތާޖު ޤުރުއާން މުބާރާތުގެ ފަނޑިޔާރު އަލްގާރީ އިބްރާހިމް ޝިފާއު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން މިދިޔަ ރަމަޟާން މަހު ގެނެސްދިން ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރަންތާޖު ޤުރުއާން މުބާރާތަކީ ކުރިއަށް އޮތްތަނުގައި ބާއްވާ އެފަދަ މުބާރާތްތައް ފުރިހަމަ ކުރަން ލިބޭ ފުރުސަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޤުރުއާންގެ ދާއިރާއިން ބައިނަލްއަޤުވާމީ މުބަރާތްތަކުގައި ވާދަކުރެވޭނެ ފަދަ ދަރިވަރުންތަކެއް އުފެއްދުން މުހިންމު ކަމަށެވެ. ހަމައެހެންމެ ހުނަރުވެރި ދަރިވަރުން ބިނާކުރުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރަންތާޖު ޤުރުއާން މުބާރާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ލަސްކޮށް ކިޔެވުމުގައި ކުދިންނަށް ގޮންޖެހުންތައް ދިމާވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މުބާރާތްތައް އިތުރުކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ބާއްވާ މުބާރާތްތަކުގައި މިންކުރާ ގޮތް ތަފާތުކުރުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މުބާރާތް ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެ މުބާރާތުގައި ތެރެއިން ތަޖުވީދުގެ އިތުރުން ތަފްސީރު ކުރުމާއި ޤުރުއާންގެ އިތުރު ބައެއް ބައިތައް ވެސް ހިމަނާފައިވާ ކަމަށެވެ. އެ ކިޔެވުންތައް ބައިވެރިންތައް ހުށަހަޅާދިނީ ރީތިކޮށް ކަމަށާއި އެ މުބާރާތް ދިޔައީ ވަރަށް ޖޯޝާއި ފޯރިގައި ކަމަށް ވެސް ވިދާޅުވިއެވެ. މުބާރާތުގެ ކޮންމެ ބައިވެރިޔަކީ ވެސް ހުނަރުން ފުރިފައިވާ ބައިވެރި އެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން މުބާރާތްތަކާއި ޚިލާފަށް މުބާރާތްތަކަށް ކުދިން ހޯދުމުގައި ދަތިވި ނަމަވެސް މި މުބާރާތުގައި އެފަދަ ދަތިކަމެއް ނެތް ކަމަށެވެ. އެހެން މުބަރާތްތަކަށް ނަގަނީ 11-12 ވަރަކަށް ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
އެެހެން މުބާރާތްތަކުގައި އުޅެންޖެހެނީ ކުދިން މަދުވެގެން. މި މުބާރާތުގައި ކުދިން އިތުރުވީ. 20 ކުދިންނާއި އެކު މި ކުރިއަށް ގެންދިޔައީ. މި ފަންނު ދިރުވާ އާލާކުރަން ޖެހޭ ސަބަބަކީ މިތަނުން ކޮލިފައިވެގެންދާ ކުދިން ދާ ފްލައިޓުން އަނބުރާ ފޮނުވާލަން ނުޖެހޭ ގޮތެއް ވުން. އެކަން ކުރެވޭނީ މި ފަންނު ދިރުވާ އާލާކުރުންޝިފާއު
މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ''ރަންތާޖު ޤުރުއާން'' މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ނ.ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކްއެވެ.