Advertisement
ކ. މާލެ
|
1 މެއި 2023 | ހޯމަ 14:36
ތ އަތޮޅު ހިރިލަންދޫ
ތ އަތޮޅު ހިރިލަންދޫ
ރާއްޖެ އެމްވީ
މާރާމާރީގެ މައްސަލަތައް
ހިރިލަންދޫގައި މާރާމާރީއެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރު ދިން މައްސަލައެއްވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައި
އެމީހުން ފަހުން ވަނީ އިތުރު ފަރުވާއަށް ތ ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައި

ތ އަތޮޅު ހިރިލަންދޫގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ތ ހިރިލަންދޫ ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު އާދިއްތަ ދުވަހުގެރޭ 22:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރު ދިން މައްސަލައެއްވެސް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.

Advertisement

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މާރާމާރީއާ ގުޅިގެން 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެ ހިރިލަންދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދޭން ޖެހިފައިވެއެވެ. އެމީހުން ފަހުން ވަނީ އިތުރު ފަރުވާއަށް ތ ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމާންކަން ނަގާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި 36 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް