Advertisement
ކ. މާލެ
|
1 މެއި 2023 | ހޯމަ 13:00
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ރާއްޖެއެމްވީ
ޗީފް އޮފް ޑިފެންސް
ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތުގެ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫން: ޝަމާލް
ޤައުމުގެ ދިފާއުގައި ސިފައިން އަބަދުވެސް ފާރަވެރިވެ ތިބޭނެ
ސައްޙަ ނޫން މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާފައިވޭ
ސަރަޙައްދުތައް ކަނޑައެޅުމުގައި ބައިނަލްއަޤުވާމީ ގޮތުންވެސް އަމަލުކުރަން ޖެހޭ އުސޫލުތަކެއް އޮވޭ

ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލާއި ސިޔާދަތުގެ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމާލް ވިދާޅުވީ، ބައެއް ފަރާތްތަކުން ރާއްޖޭގެ ދިފާއީ ބާރާއި ގުޅޭގޮތުން ސައްޙަ ނޫން ޚަބަރުތައް ފެތުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

Advertisement

ޝަމާލް ވަނީ ރައްޔިތުންގެ ތެރޭގައި ޙަގީގަތް އޮޅޭ ގޮތަށް، ސައްޙަ ނޫން މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ޤައުމުގެ ދިފާއުގައި ސިފައިން އަބަދުވެސް ފާރަވެރިވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ޝަމާލް ވަނީ ދެއްވާފައެވެ.

މިސް އިންފޮރމޭޝަން ނުފެތުރުމަށް އަޅުގަނޑު ބޭނުން އިލްތިމާސް ކުރަން
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޝަމާލް ވިދާޅުވީ، ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ކަނޑައެޅިފައިވާ ކަމަށާއި، އެ ސަރަޙައްދުތައް ކަނޑައެޅުމުގައި ބައިނަލްއަޤުވާމީ ގޮތުންވެސް އަމަލުކުރަން ޖެހޭ އުސޫލުތަކެއް އޮންނަ ކަަމަށެވެ.

އަދި ރާއްޖޭގެ ސަރަޙައްދުތަކަށް ހިމާޔަތް ދިނުމާއި، ފާރަވެރިވުމަކީ ދިވެހި ސިފައިން ކެނޑިނޭޅި ކުރާނެ ކަމެއްކަމަށް ޝަމާލް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދީ އިން ވަކިކުރުމުގައި ހުކުރު ދުވަހު އިޓްލޮސް އިން ނިންމި ނިންމުމާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ލުއިފަސޭހައެއް ލިބިގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް