ކ. މާލެ
|
1 މެއި 2023 | ހޯމަ 09:01
ލޮރިއެންޓު އަތުން ބަލިވި މެޗަށްފަހު ޕީއެސްޖީގެ ކުޅުންތެރިން
ލޮރިއެންޓު އަތުން ބަލިވި މެޗަށްފަހު ޕީއެސްޖީގެ ކުޅުންތެރިން
ރޮއިޓާރސް
ފްރާންސް ލީގު
ލޮރިއެންޓް އަތުން އަމިއްލަ ދަނޑުގައި ވީ ބައްޔާއެކު މި ސީޒަނުގައި ޕީއެސްޖީ ބަލިވި މެޗުގެ އަދަދު ނުވަޔަކަށް
 
އަމިއްލަ ދަނޑުގައި ޕީއެސްޖީ އަށް ލިބުނު ބައްޔާއެކު ކޯޗު ކްރިސްޓޮފާ ގަލްޓިއޭ އަށް ޕްރެޝަރު ބޮޑުވާނެ

ފްރާންސް ލީގުގައި ލޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިވެއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-1 އިންނެވެ. މިއީ މި ސީޒަނުގައި ޕީއެސްޖީ ބަލިވި ނުވަ ވަނަ މެޗެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ލޮރިއެންޓުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލޮރިއެންޓުގެ ރޮމޭން ފައިވްރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ އެންޒޯ ލީ ފޭ އެވެ. އޭގެ ފަސް މިނެޓު ފަހުން ޕީއެސްޖީގެ މޮރޮކޯ ޑިފެންޑަރު އަޝްރަފް ޙަކީމީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. މެޗުގެ ބާކީ ބައިން 10 ކުޅުންތެރިންނާއެކު ކުޅުނު ޕީއެސްޖީން ނަތީޖާ ހަމަހަމަ ކުރީ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ޖެހި ލަނޑުންނެވެ. އެއީ މެޗުގެ 29 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ފަހަރަށް ލޮރިއެންޓުން މެޗުގައި ކުރި ހޯދީ 39 ވަނަ މިނެޓުގައި ޑާލިން ޔޮންގްވާ އެވެ. ލޮރިއެންޓުގެ ފަހު ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 88 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ބަމްބާ ޑިއެންގް އެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ އަށް ލިބުނު ބައްޔާއެކު ކޯޗު ކްރިސްޓޮފާ ގަލްޓިއޭ އަށް ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ޕީއެސްޖީ އަށް ލިބެނީ 75 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ 70 ޕޮއިންޓެވެ. ޕީއެސްޖީ އަތުން މޮޅުވި ލޮރިއެންޓު އޮތީ 10 ވަނައިގަ އެވެ. އެއީ ކުޅުނު 33 މެޗުން 48 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް