ކ. މާލެ
|
1 މެއި 2023 | ހޯމަ 07:12
ބާސެލޯނާގެ ކޯޗު ޒަވީ އަދި ޒުވާން ކުޅުންތެރިޔާ ޔަމާލް
ބާސެލޯނާގެ ކޯޗު ޒަވީ އަދި ޒުވާން ކުޅުންތެރިޔާ ޔަމާލް
ޓްވީޓަރ
ބާސެލޯނާ
ޒަވީގެ ތައުރީފު ޒުވާން ކުޅުންތެރިޔާ ޔަމާލަށް
 
ޔަމާލް އަކީ އެއްވެސް ވަރަކަށް ޖެހިލުންވުމެއް ނެތި ކުޅޭ، ހުނަރުވެރި ކުޅުންތެރިޔެއް

ބާސެލޯނާގެ ޒުވާން ކުޅުންޔެރިޔާ ލަމިން ޔަމާލަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ޔަމާލަށް ޒަވީ ތައުރީފުކޮށްފައި ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ. ރެއާލް ބެޓިސް އަތުން ބާސެލޯނާ 4-0 އިން މޮޅުވި މެޗުގައި އުމުރުން 15 އަހަރުގެ ޔަމާލް ވެގެން ދިޔައީ ބާސެލޯނާގެ ތާރީހުގައި އެކުލަބަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، ސީޒަންގެ ބާކީ އޮތް ތަނުގައި ވެސް ބާސެލޯނާގެ ސްކޮޑުގައި ޔަމާލް ހިމެނޭނެ ކަމަށެވެ. އޭނާ ބުނީ، މެޗުގެ ކުރިން ޔަމާލް ގާތުގައި ވެސް އެދުނީ މެޗުގައި ކުޅެން ފުރުސަތު ލިބުމުން، އޭނާގެ ފެންވަރާއި ހުނަރު ދަނޑު މަތީގައި ދެއްކުމަށް ކަމަށެވެ. އަދި ޔަމާލް އަކީ ވަރަށް ޚާއްސަ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން މެޗުގައި އޭނާ ލަނޑެއް ޖެހުމަށް ވަރަށް ގާތަށް ޖެހިލައި، މެޗުގައި ލަނޑެއް ޖެހުމަށް އެހީތެރިވެދިން ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ޔަމާލް އަކީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އިތުބާރު އޮންނަ ކުޅުންތެރިޔެއް ކަމަށާއި، މެޗުގައި އޭނާ އަށް ކުރެވޭނެ ކަންކަން ދައްކައިދީފައިވާ ކަމަށެވެ. އެގޮތުން ޔަމާލް އަކީ އެއްވެސް ވަރަކަށް ޖެހިލުންވުމެއް ނެތި ކުޅޭ، ހުނަރުވެރި ކުޅުންތެރިޔެއް ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.

އިތުރަށް ޒަވީ ބުނީ ޔަމާލް ކުޅުނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކަމަށާއި، އެހެން ނަމަވެސް އޭނާ ސާބިތުކޮށްދިނީ ބާސެލޯނާގެ ސީނިއާ ޓީމުގައި އޭނާ އަށް ކުޅެވޭނެ ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ އަކީ ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ، ކުޅުންތެރިން ބިނާ ކުރުމަށް ޚާއްސަ އަހަންމިއްޔަތުމެއް ދޭ ކުލަބެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބެޓިސް އަތުން ލިބުނީ މުހިންމު ތިން ޕޮއިންޓު ކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮންނާނީ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް