ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 11:29
ސޯޝަލް ސަރވިސް ދާއިރާގެ މުސާރައަށްވެސް ވަނީ ބަދަލު ގެނެސްފައި
ސޯޝަލް ސަރވިސް ދާއިރާގެ މުސާރައަށްވެސް ވަނީ ބަދަލު ގެނެސްފައި
igmh
ސިއްހީ ދާއިރާގެ މުސާރަ
ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށްވެސް ބަދަލުގެނެސްފި
އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ
މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް

މެއި 1 ވަނަ ދުވަހުން ފެށިގެން ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހު ޤައުމާ މުހާތަބުކުރައްވާ، މެއި 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާއެވެ. މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއީ ރާއްޖޭގައި އަލަށް އުފެދި މީހުން ލިބުމުގައި ދަތިވެފައިވާ ދާއިރާއަކަށްވާއިރު، ރާއްޖޭގައި މިވަގުތު ތިބީ ވަރަށް މަދު ސޯޝަލް ވޯކަރުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް
30 އޭޕްރިލް 2023 | އާދީއްތަ 13:33
ފާމަސިސްޓު
ފާމަސިސްޓުން ސިއްޙީ ދާއިރާގައި ނުޙިމެނޭތޯ