Advertisement
ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 11:05
އައިޖީއެމްއެޗް ސަރޖަރީ
އައިޖީއެމްއެޗް ސަރޖަރީ
igmh
ސިއްހީ ދާއިރާގެ މުސާރަ
މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަރން އެލެވަންސެއް
މި ދާއިރާގެ މުސާރައަށް އައި ބަދަލުތައް މިރޭ ހާމަކުރާނެ
ދިވެހިން މަދު މިފަދަ ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފުކުރުމަށް ނިންމާފައިވޭ

މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް އިންޓަރން އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހު ޤައުމާ މުހާތަބުކުރައްވާ، މެއި 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން، މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަ ކުރާ ބޭފުޅުންނަށް އިންޓަރން އެލެވަންސެއް ދިނުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ރޭޑިއޭޝަން ތެރަޕިސްޓުންނާއި މެޑިކަލް ފިޒިސިސްޓުންނާއި ފާމަކޮލޮޖިސްޓުންނާއި ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަޤާމުތަކުގައި މި ވަގުތު ދިވެހިންނެއް ނެތް ކަމަށާއި، އެހެން ނަމަވެސް، މިއީ ފަންނީ ދާއިރާތަކެއް އަދި މުސާރަ ބޮޑު ވަޒީފާތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާއިން ދިވެހިން މަދު މިފަދަ ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފުކުރުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މުސާރަތަކަށް މިގެނައި ހެޔޮ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ކަމާ ގުޅޭ ވަޒީރުން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްޔިތުންނާ ޙިއްޞާ ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް