ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 11:53
އޭޝިއާ ޔޫތު މުބާރާތުގެ ސެމީ ފައިނަލްގައި އަހްނާ ދުވަނީ
އޭޝިއާ ޔޫތު މުބާރާތުގެ ސެމީ ފައިނަލްގައި އަހްނާ ދުވަނީ
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް
100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ މުގުރާލައިފި
ސެމީ ފައިނަލް ގައި ދުވެ އަހްނާ ރޭސް ނިންމާފައި ވަނީ، 12.50 ސިކުންތުން

އަންހެނުންގެ 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ ނިޒާރު މުގުރާލައިފި އެވެ.

އަހްނާ މި ރެކޯޑު މުގުރާލީ އުޒްބަކިސްތާނުގެ ޓަޝްކެންޓުގައި ކުރިއަށްދާ އޭޝިއާގެ ޔޫތު މުބާރާތުގައި ދުވެގެންނެވެ. މުބާރާތުގެ ސެމީ ފައިނަލްގައި އަހްނާ ވަނީ ވާދަކޮށްފަ އެވެ. ސެމީ ފައިނަލް ގައި ދުވެ އަހްނާ ރޭސް ނިންމާފައި ވަނީ، 12.50 ސިކުންތުންނެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 12.52 ސިކުންތުން ރޭސް ނިންމި މަރިޔަމް ރޫޔާ އަލީ އަތުގަ އެވެ. އެއީ ކުވައިތުގައި ކުރިއަށް ދިޔަ 18 އަހަރުން ދަށަށް ޚާއްސަ އޭޝިޔާ މުބާރާތުގަ އެވެ.

އަހްނާ އަކީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ޒުވާން އެތުލީޓެކެވެ. އަހްނާ ވަނީ މިއަހަރުގެ ފެބްރުވަރީ މަހު އޮތް އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުގެ 60 މީޓަރު ދުވުމުގައި ވާދަކޮށް އަހްނާ ވަނީ ޤައުމީ ރެކޯޑު އައުކޮށްފަ އެވެ. އެއީ 7.89 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ 8.30 ސިކުންތުން ރޭސް ނިންމި ޖައުނާ އަބްދުﷲ ނާފިޒު އަތުގަ އެވެ. ނަމަވެސް އަހްނާ ރެކޯޑު ހެދިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޫޔާ ވަނީ އެ ރެކޯޑު މުގުރާލައިފަ އެވެ. އެއީ 7.66 ސިކުންތުންނެވެ.

- ކޮމެންޓް