Advertisement
ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 09:11
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ދަނީ ވިއްސާރަކުރަމުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ދަނީ ވިއްސާރަކުރަމުން
ރާއްޖެއެމްވީ
ޔެލޯ އެލަރޓް ނެރުން
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލަރޓް ނެރެފި
ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 9:00ން މެންދުރު 12:00ށް
ގުގުރާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 9:00ން މެންދުރު 12:00ށެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަވިނަމަވެސް ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ 5 ފޫޓާ 2 ފޫޓާ ދެމެދުގައެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.

ގުގުރާނެކަމަށް ލަފާކުރެވޭތީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް