ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 16:05
"އިންޓަރނޭޝަނަލް ގަރލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން ބޭއްވި ޕްރޮގްރާމް
"އިންޓަރނޭޝަނަލް ގަރލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން ބޭއްވި ޕްރޮގްރާމް
ބީއެމްއެލް
ގަރލްސް އިން އައިސީޓީ ދުވަސް
ބީއެމްއެލްއިން "އިންޓަރނޭޝަނަލް ގަރލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި
ސައިބަރ ސެކިއުރިޓީ، ސްކޭމްއަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިންގ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100އަށްވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައިވޭ

"އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ" ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމުކަމާއި މި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް, ބޭންކް އޮފް މޯލްޑިވްސްއިން ފުވައްމުލަކާއި އައްޑޫގައި ހަތަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ބީއެމްއެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވަނީ ޏ އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ސައިބަރ ސެކިއުރިޓީ، ސްކޭމްއަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިންގ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100 އަށްވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ބީއެމްއެލް ޓީމުގައި ހިމެނޭ ޑޭޓާ އިންޖިނިއަރުން، ސޮފްޓްވެއާ ޑިވެލޮޕަރުން، ޔޫއައި/ޔޫއެކްސް ޑިޒައިނަރުން އަދި ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓުން ވަނީ ސްކޫލް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އަދި މެންޓަރޝިޕް ސެޝަންތަކެއްވެސް ކުރިޔަށްގެންގޮސްފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗް، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރަށް ޒިޔާރަތްކޮށް، މި ބްރާންޗްތަކުގައާއި ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް