ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 08:59
ޗެލްސީން ބައިކޮޅަށް ވަން ލަނޑާއެކު ބްރެންޓްފޯޑުން އުފާފާޅުކުރަނީ
ޗެލްސީން ބައިކޮޅަށް ވަން ލަނޑާއެކު ބްރެންޓްފޯޑުން އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ލަމްޕާޑާ އެކު ޗެލްސީ ފަސްވަނަ މެޗުންވެސް ބަލި!
ޗެލްސީ މިހާރު އޮތީ ގަދަ ދިހަޔަކުންވެސް ފަހަތުގައި

ޓީމްގެ ކުރީގެ ތަރި ފްރޭންކް ޕަމްޕާޑް ދެވަނަ ފަހަރަށް ހަވާލުވެ, އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފަސްވަނަ މެޗުންވެސް ޗެލްސީ ބަލިވެއްޖެއެވެ.

ވިދިވިދިގެން ފަސްވަނަ މެޗުން ޗެލްސީ ބަލިވީ ލީގުގައި ބްރެންޓްފޯޑް އަތުންނެވެ. މެޗުން ޗެލްސީ ބަލިވީ 2-0 ނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބްރެންޓްފޯޑަށް ލީޑް ލިބުނީ ފުރަތަމަ ހާފްގައި ޗެލްސީގެ އަޒުޕިލްކުއެޓާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެވަނަ ހާފްގައި ބްރެންޓްފޯޑުން ލީޑް ފުޅާކުރީ އެމްބެއުމޯ ޖެހި ލަނޑުންނެވެ. މިމޮޅާއެކު ބްރެންޓްފޯޑުން ވަނީ ލީގުގެ ގަދަ ދިހަ ޓީމްގެ ތެރޭގައި މަޤާމް ވަރުގަދަކޮށްފައެވެ. އެޓީމް އޮތީ 49 ޕޮއިންޓާއެކު އަށް ވަނާގައެވެ. ޗެލްސީ އޮތީ 39 ޕޮއިންޓާއެކު 11 ވަނާގައެވެ.

އޭޕްރީލް 3 ވަނަ ދުޗަހު ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވި ފަހުން ކުޅުނު މެޗުތަކުން އަދި ޕޮއިންޓެއް ނުހޯދެއެވެ. އޭގެތެރޭގައި ލީގުގައި ކުޅުނު ތިން މެޗާއި, ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލް ދެ ލެގު ހިމެނެއެވެ. ފަސް މެޗުން ޗެލްސީއަށް ޖެހުނީ އެންމެ ގޯލެކެވެ.

- ކޮމެންޓް