ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 18:57
ޗައިނާގެ ބެއިޖިންގ އެއަރޕޯޓު
ޗައިނާގެ ބެއިޖިންގ އެއަރޕޯޓު
ރޮއިޓާސް
ޗައިނާ
ޗައިނާއަށް އެތެރެވުމަށް ދެން ބޭނުންވާނީ ހަމައެކަނި އެންޓިޖެން ޓެސްޓެއް
އޭޕްރީލް 29ން ފެށިގެން އެންޓިޖެން ޓެސްޓު ހަދައިގެން ޗައިނާއަށް އެތެރެވެވޭނެ
މިހާރު ޗައިނާއަށް އެތެރެވެވެނީ ޕީސީއާރް ޓެސްޓު ހަދައިގެން

ހަމައެކަނި އެންޓިޖެން ޓެސްޓު ހަދައިގެން ޗައިނާއަށް އެތެރެވެވޭގޮތަަށް ބަދަލު ގެންނަން އެގައުމުން ނިންމައިފިއެވެ.

އަންގާރަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ, އޭޕްރީލް 29ން ފެށިގެން ޗައިނާއަށް އެތެރެވާ ފަރާތްތަކުން ދައްކަންޖެހޭނީ ފުރުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19 އެންޓިޖެން ޓެސްޓެއް ކަމަށެވެ.

މިހާރު ޗައިނާއަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 ޕީސީއާރު ޓެސްޓެއް ހަދަންޖެހެއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން 3 އަހަރަށް ޗައިނާގެ ބޯޑަރު ބަންދުކުރުމަށްފަހު އެގައުމުގެ ބޯޑަރު ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ. ބޯޑަރު ހުޅުވާލާފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކަކާއެކުއެވެ.

- ކޮމެންޓް