ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 07:43
ފިރްމީނ: ބާސެލޯނާ އަށް ނުގެންދާނެ
ފިރްމީނ: ބާސެލޯނާ އަށް ނުގެންދާނެ
ގޫގުލް
ބާސެލޯނާ
ފިރްމީނޯ ނުގެންދާނެ، ބާސެލޯނާ އަށް ފޯވަޑެއް ބޭނުމެއްނޫން!
 
ލިވަޕޫލާއެކު ފިރްމީނޯ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ

ކޮންޓްރެކްޓް ހަމަވުމުން ލިވަޕޫލްއިން މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމާފައިވާ ފޯވަޑް ރޮބާޓޯ ފިރްމީނޯ ބާސެލޯނާ އަށް ނުގެންދާނެ ކަމަށް އެކުލަބުން ބުނެފި އެވެ.

ސްޕޭނުގެ ވާންއުޅޭ ޗެމްޕިއަނުން މިހެން ބުނީ ފިރްމީނޯ އަށް އެކުލަބުން ކޮންޓްރެކްޓެއް ހުށަހަޅާފައިވާ ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވެމުންދާތީވެ އެކަން ސާފުކޮށްދިނުމުގެ ގޮތުންނެވެ.

ފިރްމީނޯ އަކީ ބްރެޒިލްގެ ގައުމީ ޓީމުން މިހާރު ޖާގަ ލިބޭ ކުޅުންތެރިއެއްނޫނެވެ. ދޭތެރެއަކުން ގޯލެއް ޖެހި ނަމަވެސް އޭނާ އާއްމުކޮށް އިންނަނީ ލިވަޕޫލްގެ ބެންޗުގަ އެވެ.

ސްޕޭނުގެ ނޫސްތަކުން ބާސެލޯނާއާ ހަވާލާދީ ބުނެފައިވަނީ ބާސެލޯނާއިން އަންނަ ސީޒަނަށް ސެންޓަ ފޯވަޑެއް ނުހޯދާނެ ކަމަށެވެ. އަދި ފިރްމީނޯ އަކީ ކޯޗު ޒަވީ ހަނާންޑޭޒްގެ ޕްލޭނަށް ފެތޭ ކުޅުންތެރިއެއްނޫން ކަމަށެވެ.

މިހެންވެ ބާސެލޯނާއިން މަސައްކަތް ކުރަމުންދަނީ އެ ޓީމުގެ އެންމެ އިސް ފޯވަޑް ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ ކުރީގައި ބަހައްޓައި އޭނާ އަށް އެހީވާން އަރިމަތިން ކުޅޭނެ މޮޅު ކުޅުންތެރިން ހޯދުމަށް ކަމަށެވެ. މި ގޮތުން އެންމެ އިސްކަމެއްދެމުންދަނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ގެނައުމަށެވެ.

މިކަން ކުރުމަށް މުހިންމު ދެ ކުޅުންތެރިއަކު ވިއްކާލާނެ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކަށްވާނީ ބްރެޒިލްގެ މިޑްފީލްޑަރު ރަފީނިއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް