ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 22:22
ތުރުކީ، ސީރިޔާ، ރަޝިއާ އަދި އިރާންގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވަނީ
ތުރުކީ، ސީރިޔާ، ރަޝިއާ އަދި އިރާންގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވަނީ
ތުރުކީ، ސީރިޔާ، ރަޝިއާ އަދި އިރާން
ތުރުކީ، ސީރިޔާ، ރަޝިއާ އަދި އިރާންގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވަނީ
 
މިހަތަރު ގައުމުގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވަން ހަމަޖެހިވަޑައިގެންފައި ވަނީ އަންގާރަ ދުވަހު
 
ބައްދަލުވުން ކުރިއަށްގެންދަން ނިންމާފައި ވަނީ ރަޝިއާގެ، މޮސްކޯގައި
 
ގައުމުތަކުގެ އިންޓެލިޖެންސް ޗީފުންވެސް ބައްދަލުވުމުުގައި ބައިވެރިވެވަޑައިގަންނަވާނެ

ތުރުކީ، ސީރިޔާ، ރަޝިއާ އަދި އިރާންގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވަން ނިންމައިފިއެވެ.

މިކަން އިއުލާނުކުރައްވާފައި ވަނީ ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އަކަރް އެވެ.

ތުރުކީގެ މީޑިއާތަކުން، މިނިސްޓަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، މިހަތަރު ގައުމުގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުއެވެ. އަދި ބައްދަލުވުން ކުރިއަށްގެންދަން ނިންމާފައި ވަނީ ރަޝިއާގެ، މޮސްކޯގައެވެ.

މިބައްދަލުވުމަކީ ތުރުކީ އާއި ސީރިއާ އާ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމުގެ މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިހަތަރު ޑިފެންސް މިނިސްޓަރުންގެ އިތުރުން ގައުމުތަކުގެ އިންޓެލިޖެންސް ޗީފުންވެސް ބައްދަލުވުމުުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓަރާ ހަވާލާދީ ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް